ads
ހައިދަރުއާބާދުގެ ކުޅުންތެރިން
ހައިދަރުއާބާދުން އަނެއްކާވެސް ރެކޯޑެއް
އައިޕީއެލްގައި ހައިދަރުއާބާދުން އަނެއްކާވެސް ރެކޯޑެއް ހަދައިފިއެވެ. މިއީ މި މުބާރާތުގައި އެ ޓީމުން ހެދި ތިންވަނަ ރެކޯޑެވެ.

ހައިދަރުއާބާދުން ރޭ ހެދި ރެކޯޑަކީ ދިއްލީ ކެޕިޓަލްސް އަތުން މޮޅުވި މެޗުގައި ޕަވަޕްލޭގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑްއެވެ. 

ޕަވަޕްލޭއަކީ ފުރަތަމަ ހަ އޯވަރެވެ. ހައިދަރުއާބާދުން ރޭ ވަނީ ޕަވަޕްލޭގައި 125 ލަނޑު ހަދައިފަ އެވެ. މިއީ ޓީ20 ގެ ޕަވަޕްލޭ ރެކޯޑެކެވެ. މީގެ ކުރިން، މި ރެކޯޑް އޮތީ، 2017 ވަނަ އަހަރު، ނޮޓިންހަމްޝަޔާ އިން ޑާހަމް ކޮޅަށް ޕަވަޕްލޭގައި ހެދި 106 ލަނޑުގެ ރެކޯޑެވެ.

މީގެ އިތުރުން މި މުބާރާތުގައި ހައިދަރުއާބާދުން ކުރިން ހެދި ދެ ރެކޯޑަކީ، އިނިންގްސްއެއްގައި އެންމެ ގިނަ ޕޮއިންޓްގެ ރެކޯޑެވެ. މި ރެކޯޑް މި މުބާރާތުގައި ހައިދަރުއާބާދުން ދެ ފަހަރު ހެދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް