ads
އާސެނަލް މެޗުގެ ތެރެއިން
އާސެނަލް އަލުން އެއްވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް އަރައިފިއެވެ.

ރޭ ވުލްވްސް އަތުން އާސެނަލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗާއެކު އާސެނަލް އެއް ވަނަ އަށް އެރީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ، 32 މެޗުން 73 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ވަނީ 71 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން އާސެނަލްއަށް މި ވަގުތަށް ކުރި ލިބެނީ އިތުރު މެޗެއް ކުޅެފައިވާތީއެވެ.

ވުލްވްސް ދަނޑުގައި ކުޅުނު މެޗު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ލީޑުނެގީ އޭރިއާތެރެއިން ޖެހި ޝޮޓަކުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. އާސެނަލް މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ، ކެޕްޓަން، މާޓިން އޮޑެގާޑް އެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން އާސެނަލް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެއީ ލީގުގައި އެސްޓަން ވިލާ އަތުންނާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް އަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް