ads
ކައިޒީން
ބޯޓު ކަންތަކުގައި ކައިޒީން ބައްޕަ ގޮވައިގެން އަނެއްކާވެސް ކޯޓަށް
ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާ ނާކާމިޔާބުނުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ކައިޒީން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ.

ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ. އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. 

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، ކައިޒިންގެ ބައްޕަ އިބްރާހިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައި ބުންޏެވެ.

އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމީ ކައިޒީން އެދުނު ގޮތަށް އެ ބޯޓުގެ މިލްވެރިފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ. މި މައްސަލަ މިދިޔަ މަހު ފަހުކޮޅު ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއަސް، އެ ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް