ads
އިއްބެ
އިއްބެގެ ސުވާލެއް: ކުޅުންތެރިންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟
ދިވެހިފުޓްބޯޅަ އޮތް ހާލަތެއް، އަދި ކުޅުންތެރިން ތިބި ހާލަތެއް ބަލާލާނެ ބައެއް މިއަދު އެބައުޅޭތޯއާ، އަދި ކުޅުންތެރިންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ އިތުބާރު ކުޅުންތެރިޔާ އިބްރާހީމް ވަހީދު- އިއްބެ ސުވާލު އުފައްދައިފިއެވެ.

ގިނަ ދުވަސްތަކެއްވަންދެން ކްލަބު ފުޓްބޯޅަ ނުކުޅެ ހުރުމަށް ފަހު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަސްއޮޑި ޓީމަށް ކުޅޭ، ދެވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއްވި، އިއްބެ ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައިވަނީ ފުޓްބޯޅައިން އާމްދަނީ ހޯދާ ކުޅުންތެރިންގެ މިއަދުގެ ހާލާ މެދުއެވެ.

ދިވެހި ފުޓްބޯޅަ އޮތް ހާލަތެއް، އަދި ކުޅުންތެރިން ތިބި ހާލަތެއް ބަލާނެ ބައެއް މިއަދު އެބައުޅޭބާ؟ ފުޓްބޯޅައިން އާމްދަނީ ހޯދާ ކިތައް ކުޅުންތެރިން މިއަދު ހާލުގައި ޖެހިފައި ތިބޭނެބާ؟ މި ލިބޭ ގެއްލުމަށް ޒިންމާވާނީ ކާކު؟ ސޯޝަލް މީޑިއާގައި އިއްބެ ލިޔުނެވެ.

ފުޓްބޯޅައިގެ ހާލަތާ މެދު އިއްބެ ކަންބޮޑުވުން ފާޅުކުރިއިރު، ދިވެހި ފުޓްބޯޅަ މިހާރު ދެކެމުންދަނީ ވަރަށް އަނދިރި ދުވަސްތަކެކެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޮރަޕްޝަންގެ ހާއްޔަކަށްވެ، އެ އިދާރާގެ ރައީސްގެ މައްޗަށްވަނީ ޖިނާއީ ދައުވާ އުފުލި ޝަރީއަތް ފެށިފައެވެ.

އިއްބެ މޮޅު ކުޅުމާއެކު، އަންނަ ސީޒަނަށް މަސްއޮޑި އެއްވަނަ ޑިވިޝަނަށް އަރާފައިވާއިރު، މި ދިޔަ ސީޒަނުގައި، ލޯން އެއްބަސްވުމެއްގެ ދަށުން، އިއްބެ އެންމެ ފުރަތަމަ ގުޅުނީ ވެލެންސިއާއާ އެވެ. އެ ޓީމާ އެކު، ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުމެ، ސީޒަން ތެރޭގައި ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، އޭގެ ކުރީ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ވެލެންސިއާ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް އިއްބެ ރަޖިސްޓްރީ ނުކުރެވުނެވެ. 

އެހެންކަމުން މުޅި ސީޒަންގައި އިއްބެ ހުރީ ކްލަބު ފުޓްބޯޅައާ ދުރުގައެވެ. އެހެން ހުރުމަށް ފަހު އިއްބެ ކުޅުނީ ދެވަނަ ޑިވިޝަނުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް