ހާލަންޑް މިރޭ ކުޅޭނެ ކަމާމެދު ޝައްކު
ސްޕޯޓްސް ޓީމް
20 އޭޕްރީލް 2024 - 18:53:00
އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިއްޖެ އެވެ.
ހާލަންޑަށް މިރޭ ކުޅޭ މެޗުގައި ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިފައިވާއިރު، މެޗު އޮންނާނީ މިރޭ 9:15 ގައެވެ. ހާލަންޑް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބުދަ ދުވަހު ރެއާލް މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގެ ފަހުކޮޅު ބަދަލުކުރިއެވެ.
ޕްރިމިއަރ ލީގުގެ ޓޭބަލްގެ އެއްވަނައިގަ ސިޓީ އޮތް އިރު، ބެލެވޭ ގޮތުގައި މިރޭގެ މެޗަށް ގާޑިއޯލާ ބޭނުންވަނީ ހާލަންޑަށް ރެސްޓް ދޭށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް