ads
ޒިދާން
ޔުނައިޓެޑުގެ ކޯޗު ކަމަށް ޒިދާން
މެންޗެސްޓަ ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހޭގް މަގާމުން ވަކިކުރުމަށް ފަހު ދެން އެ މަގާމަށް އައްޔަން ކުރާނީ ރިއަލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

މި ފަހުގެ ތާރީހުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ޒައިނުއްދީން ޒިދާން، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ޝައުގުވެރިވާކަން ބައެއް ރިޕޯޓްތައް ބުނަން ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން، 2021 ވަނަ އަހަރުގެ މެއި މަހު، ރެއާލްގެ ކޯޗުކަން ދެ ވަނަ ފަހަރަށް ދޫކޮށްލުމަށް ފަހު، އެއްވެސް މަސައްކަތެއް ނުކުރެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން، ޔުނައިޓެޑުން އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނެރޭތީ އެ ކްލަބުގެ މެނޭޖްމެންޓަށް އައި ބަދަލާއެކު، ކޯޗު މަގާމުން ވަކިކުރުމުގެ ވިސްނުމެއް ގެންގުޅެއެވެ. އަދި ޓެން ހޭގް ވަކިކުރުމަށް ފަހު ދެން އެ މަގާމަށް އައްޔަން ކުރާނީ ޒިދާން ކަމަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް