ads
2 މީހުންނާއި އެކު ގެއްލިގެން ހޯދަމުން އަންނަ ފަރިހި 2 ދޯނި
2 މީހުންނާއި އެކު ގެއްލުނު ދޯނި ހޯދަން ޑްރޯން އުދުއްސާލައިފި
2 މީހުންނާއި އެކު މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނިތައް ހޯދުމަށް ދާދި ފަހުން ދިވެހި އަސްކަރިއްޔާއަށް ގެނައި ޑްރޯންތައް އުދުއްސާލާފައިވާކަމަށް ދިފާއި ބާރުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. މި ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ މ. ރަތްމާދޫ ބޭރުން ފަރުމަށް އިއްޔެ ހަވީރު ނުކުތް ފަހުންކަމަށް ފުލުހުން ބުނެއެވެ. މި ދޯނި މަހަށް ނުކުމެފައިވަނީ ދިވެހި 2 ފިރިހެނުންކަމަށްވެސް ފުލުހުން ބުނެއެވެ. 

ދިވެހި އަސްކަރިއްޔާއިން ރޭ ދަންވަރު 02:10 ގައި ބުނީ މި ދޯނި ހޯދުމަށްޓަކައި އެމްއެންޑީއެފް ވައި ބާރުން ވަނީ "ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލައިފައިވާކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން އަދި އެއްވެސް ތަފްސީލެއް ދިފާއި ބާރުން އަދި ހާމައެއް ނުކުރެއެވެ. 

މި ދޯނި ހޯދުމުގެ މަސައްކަތުގައި ދޯނި ހޯދުމަށް މ. މުލީގައި އޮންނަ  ކޯސްޓްގާޑް ހާބަރ ކްރާފްޓް 114 ގެ އިތުރުން ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް’ މާފަތް’ ފުރާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ވައިގެ މަގުންވެސް މި ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ދިފާއީ ބާރުން ބުނެއެވެ. 

މި ދޯންޏާއި އެ ދޯނީގައި ތިބ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް