ads
ހއ. ދިއްދޫގައި އަޅަން ރާވާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރުން
ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އެމްޓިސީސީއާ ހަވާލުކޮށްފި
ހއ. އަތޮޅު ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އެމްޓިސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިސްމާޢީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދު އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫ އިން 71.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިއްދޫ އިތުރުން ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ވެސް އެމްޓީސީސީއާ ވަނީ އިއްޔެ ހަވާލުކޮށްފަ އެވެ. އެއީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެވެ.

މި ރަށްތަކުގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް