ads
ނަޝީދު މިއަދު ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ޑިމޮކްރެޓްސް
އެނބުރި ވަޑައިގެން ނަޝީދުގެ ހަމާލަތައް އެމްޑީޕީއަށް
ސިޔާސީ ކަންކަމުުން ދުރަށް ވަޑއިގެން މަހެއްހާ ދުވަހު ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ޑިމްކޮރެޓްސް ކެމްޕެއިން ޖަލްސާއެއްގައި ރައީސް ނަޝީދު އެމްޑީޕީއަށް ބަހުގެ ހަމާލާތަކެއް ދެއްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮޮންނަ މަޖލީހުގެ އިންތިހާބުގެ ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ރައީސް ނަޝީދު މާލޭ ވަޑައިގަތީ މިއަދުއެވެ. 

ވިލިގިނލީ ދާއިރާއަށް ޑިމްކޮރެޓްސްއިން ވާދަކުރާ މުހައްމަދު ޝިފާޒުގެ ކެމްޕޭން ޖަލްސާއެއްގައި ވިލިމާލޭގައި ވާހަކަދައްވަމުން ނަޝީދު ވަނީ އެމަނިކުފާނުގެ ކުރީގެ ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެތައް ބައެއްގެ ބުރަ މަސައްކަތުން ރާއްޖޭގެ ތާރީހުގައި އެއްވެސް ޕާޓިއަކަށް ނުލިބޭ ވަރުގެ މެޖޯރިޓީ މަޖިލީހުން އެމްޑީޕީއަށް ހޯދާދިނުމުން ރައްޔިތުންނަށް ކޮށްދެވުނުކަމެއް ނެތްކަމަށެވެ. އަދި ރިޔާސީ ވައުދުތައް ފުއްދާ ސަރުކާރު ޖަވާބުދާރީ ކުރިނަމަ މަގުމަތީގައި ތިބެން ނުޖެހުނީސްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

"އެހެންނަމަވެސް އެ މަޖިލީހަކުން ދިވެހި ސަރުކާރެއް ޖަވާބުދާރީއެއް ނުކުރި. ޖަވާބުދާރީކުރި ނަމަ، އަޅުގަނޑުމެން މިއަދު ތިބޭނީ މި ތަނެއްގައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ބޯހިޔާވަހިކަމާއި ގުޅުވާ ދައްކަވާ ބައެއް ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ ވެރިކަމަށް އައިސް 2021 ވަނަ އަހަރާ ހަމައަށް  ދިޔައިރުވެސް މާލޭ ރައްޔިތުންނަށް ގޯތި ދޫނުކުރީ އެމްޑީޕީންކަމަށެވެ. އަދި އެކަމުގެ ޕްލޭނެއްވެސް އެޕާޓީގައި ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅެން ގިނަ ބަޔަކު ބޭނުންވާކަން ފާހަގަކޮށް ދައްކާ ވާހަތަކަށްވެސް ރައީސް ނަޝީދު ވަނީ މިއަދު ޖަވާބެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުން ޑިމޮކްރެޓްސް އަށް 30 ގޮނޑި ލިބިއްޖެނަމަ އެކަން ވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. 

 އެމްޑީޕީގެ ރައީސްކމުގައި ހުންނަވަނިކޮސް 20222 ވަނަ އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އުފަދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކޮށް ތިންވަނައަށް އެންމެ ގިނަ ވޯޓް ހޯދީވެސް އެޕާޓީންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް