ads
މަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން
ކެމްޕެއިނަށް ދައުލަތުގެ ފައިސާއިން 100 މިލިއަން ހަރަދުކޮށްފި : ސާލިހް
މަޖިލިސް ކެމްޕެއިންނަށް މި ސަރުކާރުން ދައުލަތުގެ މާލިއްޔަތުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކިފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީން ކެމްޕެއިން ނިންމާލުމަށް މިއަދު ބޭއްވި ޕެރޭޑަށް ފަހު އާޓިފިޝަލް ބީޗުގައި ވާހަކަދައްކަވަމުންނެވެ.  

ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރަށް ފަސް މަސް ވެގެންދިޔައިރު ސަރުކާރު ހިނގަމުންދާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސިއްރުކުރަމުން އަންނަކަށެވެ. އެގޮތުން މި ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާއި ބެހޭ އެއްވެސް މުއާމަލާތެއް ހާމަކޮށްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އެނގޭ ކަމަކީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފިކަން. މީގެ ތިން ހަފުތާ ކުރިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް 450 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފި މިދިޔަ އަހަރުގެ ތިން މަހާ ބަލާއިރު." ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ސާލިހް ވިދާޅުވިއެވެ.

your imageމަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން 

ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން ރައީސާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން ކެމްޕެއިން ދަތުރުތަކަށް ދައުލަތުގެ ފައިސާއިން 100 މިލިއަަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. އަދި އެކަންކަން ހަމައަކަށް އަޅުވާ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެންކަމަށެވެ.

"ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުދެއްވައިފި ނަމަ އެ ދެވެނީ ތަރައްގީ އާއި އިދިކޮޅަށްދެވޭ ވޯޓެއް. މަޝްރޫއުތައް ހުއްޓުވުމަށް ދެވޭ ވޯޓެއް. ފުލެޓުތައް އެ މީހުން ބޭނުން ގޮތަކަށް ބަހައިލަން ދެވޭ ވޯޓެއް. ގޯތިތަކުގެ ލިސްޓަށް ބަދަލުގެންނަން ދެވޭ ވޯޓެއް،" ރައީސް ސާލިހް ވިދާޅުވިއެވެ.

your imageމަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން

ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މިސަރުކާގެ ކެންޑިޑޭޓުންނަށް ވޯޓް ދީފިނަމަ އެ ދެވެނީ ތަރައްޤީއާއި ދެކޮޅަށްކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.

" ކޮންމެ ދިމާލަކުން އަޅުގަނޑަށް ފެންނަނީ މާޔޫސްކަން. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެންވީ ވައުދުތައް ފުއްދަމުން ނުދާތީ އެ ކަމާ ކަންބޮޑުވެފައި ތިބިތަން. މިކަން ބަދަލުކުރަން ޖެހިއްޖެކަން އެންމެންނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެންމެންގެ ފަރާތުން އަޑުއުފުލަމުން އެބަދޭ،" ސާލިހް ވިދާޅުވިއެވެ.

your imageމަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން

20 ވަނަ ރައްޔިތުން މަޖލީހުގެ 90 ދާއިރާއަކަށް އެމްޑީޕީން ވާދަކުރައެވެ. އޭގެ އިތުރުން ފެލިދޫ ދައިރާއަށް ވާދަކުރާ އަމިއްލަ ކެނޑިޑޭޓާއި ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ޕީއެންއެފް ކެންޑިޑޭޓަށް ތާއިދުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ. 

your imageމަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން

އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންތައް ހޮނިހިރު ދުވަހު އިރުއޮއްސި 6 ޖަހާއިރު ނިންމަންޖެހޭނެއެވެ. އިންތިހާބުގެ ވޯޓްލުން އޮންނާނީ އާދިއްތަ ދުވަހު ހެނދުނު 08:00 ހަވީރު 05:30 އަށެވެ.

your imageމަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން


20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.

އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް