ads
ޯހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި
އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ހޯރަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީގެ މަގުތައް  ޒަމާނީ  ފެންވަރަށް  ތަރައްގީ  ކުރުމުގެ  މަޝްރޫއުގެ ދެވަނަ  ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންސްޓަރކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. 

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަބްދުﷲ ޒިޔާދުއެވެ. 

މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދުވެސް ބައިވެރިވެއެވެ. 

your imageޯހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ރަށުގެ 3 ކިލޯމިޓަރު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.  މި މަސައްކަތުގެ ދަށުން މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖަހާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުން ހިމެނެއެވެ. މި މަޝްރޫއުގެ ގެ އަގަކީ 25 މިލިއަން ރުފިޔާއެވެ.

ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރުއެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެ މަސައްކަތުގެ ދަށުން އެރަށުގެ ހުރިހާ ބޮޑުމަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ވަނީ ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވެއެވެ. އެއީ ރަށުގެ 11 މަގެވެ. ދެވަނަ ފިޔަވަހީގައި ހަދާނީ ބޮޑެތި މަގުތަކާއި އިންވެގެން ހުރި މަގުތަކެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް