ads
ރިޔާސީ އިންތިހާބު ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ހިގާލުން. ފޮޓޯ: އަވަސް
ކެމްޕެއިން ނިންމާލަން އެމްޑީޕީގެ ޕެރޭޑް މިއަދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ މަޖލިސް ކެމްޕެއިން ނިންމާލުމަށް ހާއްސަ ޕެރޭޑެއް މިއަދު ބާއްވަން ނިންމައިފިއެވެ.

އެޕާޓީން ބުނީ "މިސްރާބު ހަމަމަގަށް" ކެމްޕޭން ނިންމާ ޕެރޭޑް އޮންނާނީ މިއަދު ހަވީރު 04:00ގައި ކަމަށެވެ. އަދި މި ޕްރޭޑްގެ ހިނގާލުން ފެށޭނީ ސޯޝަލް ސެންޓަރު ކައިރީންކަމަށްވެސް އެޕާޓީން ބުނެއެވެ

20 ވަނަ ރައްޔިތުން މަޖލީހުގެ 90 ދާއިރާއަކަށް އެމްޑީޕީން ވާދަކުރައެވެ. އޭގެ އިތުރުން ފެލިދޫ ދައިރާއަށް ވާދަކުރާ އަމިއްލަ ކެނޑިޑޭޓާއި ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ޕީއެންއެފް ކެންޑިޑޭޓަށް ތާއިދުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.

ސަރުކާރު ހިންގާ ޕީއެންސީ ކެމްޕެއިން ނިންމާލާ ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހު ހަވީރުކަމަށް އެޕާޓީން ބުނެއެވެ. ރައީސް މުއިއްޒު ބައިވެރިވެޑައިގަންނަވާ މި ހިނގާލުން ފަށާނީ އެދުވަހު ހަވީރު ރަސްފަންނު ސަރަހައްދުންނެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންތައް ހޮނިހިރު ދުވަހު އިރުއޮއްސި 6 ޖަހާއިރު ނިންމަންޖެހޭނެއެވެ. އިންތިހާބުގެ ވޯޓްލުން އޮންނާނީ އާދިއްތަ ދުވަހު ހެނދުނު 08:00 ހަވީރު 05:30 އަށެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.

އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 

ވޯޓާސް ދެ ޖިންސަށް ބެހޭ ގޮތް 

  • އަންހެން 139،361
  • ފިރިހެން 145،302
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް