އެމްއެމްޕީއާރުސީން ހިޔާނާތުގެ މައްސަލާގައި ދަށުކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިއަދު ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ.
ޖަލު ހުކުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލުވާނެކަމަށް މާކުރިންވެސް އެނގިވަޑައިގަންނަވާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ގެނައީ ނުކުރާކަމަށް އުފައްދާފައިވާ އެއްޗެހިތަކެއްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މައްސލައިގެ ޝަރީތަަށް ދައުލަތުގެ ވަކީލުން ނައިސްގެން ޖެހިޖެހިގެން 3 ހަފްތާގައި އަޑުއެހުން ކެމްސަލްވިކަމަށެވެ. އަދީ އެއީ މި ސަރުކާރުގެ ބައިވެރިވުން އޮތްކަމަށްކަމަށް ގަބޫކުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޖަލު ހުކުމް މިނިވެވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއްވެސް ތައުލީމެއް ނެތް މީހުންނާާއި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ބިންތައް ބޭރު މީހުންނަށް ދިނުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.