ads
ތ. ގުރައިދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ގުރައިދޫ އާ ކޮމަންޑޫ އެއާޕޯޓް ޑިޒައިންކުރަން އެމްޓީސީސީއަށް
ތ ގުރައިދޫއާއި ށ. ކޮމަންޑޫގައި ތަރައްޤީކުރާ އެއާޕޯޓް ޑިޒައިންކޮށް ސާވޭކުރުމާއި އީ.އައި.އޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ތ ގުރައިދޫ އާ ކޮމަންޑޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

ތ ގުރއިދޫ އެއާޕޯޓްގެ ތަރައްޤީކުރާ އެއާޕޯޓް ޑިޒައިންކޮށް ސާވޭކުރުމާއި އީ.އައި.އޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި އެއްބެސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮކިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހްމަދު ލަތީފްއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދުވެސް ބައިވެރިވިއެވެ. 

ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ނެތްނަމަވެސް އެ މަޝްރޫއު މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ 6 ވަނަދުވަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ. 

your imageށ. ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ށ. ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި  އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮކިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާންވެސް ބައިވެރިވިއެވެ. 

ށ. ކޮމަންޑޫ އެއާޕޯޓް އަޅަނީ އެރަށު ކައިރީގައި ގުޅިފައި އޮންނަ ތިން ރަށުގެ ތެރެއިން ދިގުރަށް (ދިގުވެލިދޫ)ގައެވެ. މީގެއިތުރުން މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށް ގެންދާނެކަން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ބޮޑުމިނުގައި 5.1 ހެކްޓަރު އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އެޅުއްވުމަށް ފުރަތަމަ ވައުދުވެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު އެ ގޮތަށް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް، މޫސާ ފަތުހީގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބަައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް