ވައިސް ޗީފަކަށް އަހްމަދު ގިޔާސް
މުހައްމަދު އާދަމް އަހްމަދު
18 އޭޕްރީލް 2024 - 14:55:43
ސިފައިންގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ގިޔާޒް އައްޔަންކުރައްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ.
ގިޔާޒް ވައިސް ޗީފްކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫންއެވެ.
ވައިސް ޗީފަކަށް ގިޔާޒް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މިއަދު އައްޔަނުކުރެއްވުމުންނެވެ.
ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ރޭ ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް