ads
ރޮމާރިއޯ ވޯލްޑްކަޕް ތަށްޓާއެކު
އުމުރުން 58 އަހަރުގައި ރޮމާރިއޯ އަލުން ދަނޑަށް
ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮމާރިއޯ އުމުރުން 58 އަހަރުގައި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ނިންމައިފިއެވެ.

ރިޓަޔާކޮށް ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރި ރޮމާރިއޯ އަލުން އެނބުރި ދަނޑަށް އަންނަނީ އޭނާގެ ދަރިފުޅާއެކު އެއް ޓީމަކަށް ކުޅޭށެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮމާރިއޯ އަކީ ރިއޯ ސަރަހައްދީ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ކުޅޭ ރިއޯ ޑި ޖެނީރޯގެ ޓީމުގެ ރައީސް އެވެ.

ރޮމާރިއޯ ބުނީ ލީގުގައި ނުކުޅެވޭނެ ކަމަށާއި ނަމަވެސް އޭނާގެ ދަރިފުޅު ރޮމާރީނިއޯއާ އެކު ބައެއް މެޗުތަކުގައި ކުޅެން ބޭނުންވާ ކަމަށެވެ. ރޮމާރިއޯ އެންމެ ފަހުން ކުޅުނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާވަނީ އަލުން ކުޅުމުގެ ތެރެއަށް އައުމަށް އޭނާގެ ދަރިފުޅާ އެއް ޓީމެއްގައި ރަޖިސްޓްރީ ވެފައެވެ. 

އޭނާގެ ކެރިއަރު ފެށުނީ 1985 ވަނަ އަހަރު ވާސްކޯ ޑި ގާމާއިންނެވެ. އޭނާވަނީ ޕީއެސްވީ އާއި އެކު ނެދަލެންޑްސްގައި އަދި ސްޕެއިންގެ ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

އޭނާ 2009 ވަނަ އަހަރު ރިޓަޔާކޮށް، އޭނާގެ ބައްޕަ އެޑެވައާ ކުޅުނު އެމެރިކާ އެފްސީއަށް ފަހު މެޗު ކުޅެ، އަދި އޭގެ ފަހުން 2014 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގެ ސެނެޓަރަކަށް އިންތިޚާބުވި އެވެ.

ބްރެޒިލް އަށް ކުޅުނު 70 މެޗުން 55 ގޯލް ކާމިޔާބުކޮށްދިން އިރު، ވޯލްޑް ކަޕް ކާމިޔާބުކުރި ކެމްޕޭނުގައި ފަސް ގޯލު ޖަހައިގެން 1994 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ރޮމާރިއޯ  ހޯދި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް