ads
ބައިބަލާ މުބާރާތުގެ ތެރެއިން
ސެމީ ޓީމުތައް ކަށަވަރުވެއްޖެ
އީދު ބައިބަލާ ޗެލެންޖްގެ ސެމީ ފައިނަލުން ހަތަރު ޓީމު ފުރުސަތު ހޯދައިފިއެވެ.

އީދު ބައިބަލާ ޗެލެންޖްގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ކާސިންޖީ އާއި ޔުނައިޓަޑް އީސްޓް ކޯސްޓް އަދި ޖެކޭ ސްޕޯޓްސް ކްލަބެވެ.

ބުރު ސްޕޯޓްސް ކުލަބު ސެމީއަށް ދިޔައީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވިއެނާ ސްޕޯޓްސް އާއި ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ދެވަނަ ކުއާޓާ ފައިނަލްގައި ޓީސީ ސްޕޯޓްސް އަތުން ކާސިންޖީވެސް މޮޅުވީ ސީދާ ދެ ގޭމުންނެވެ.

އީސްޓް ކޯސްޓް ސެމީން ޖާގަ ހޯދީ ރޭ ކުޅުނު ތިންވަނަ ކުއާޓާގައި ކުޑަ ހެންވޭރު ޔުނައިޓެޑު އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. ޖޭކޭ ސްޕޯޓްސް ފުރަތަމަ ފަހަރަށް ސެމީގެ ޖާގައެއް ހޯދާފައިވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ކްލަބް އޯވަންއޯ އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް