ads
އިސްލާމީ ފަތުވާދޭ މަޖިލިސް"އަށް އައްޔަން ކުރެއްވި އަލީ ޒާހިރުއާ މުސާ އަންވަރު
"އިސްލާމީ ފަތުވާދޭ މަޖިލިސް"އަށް އަލީ ޒާހިރުއާ މުސާ އަންވަރު
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު އައްޔަންކޮށްފިއެވެ.

ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ދެ މެމްބަރަކު ފަތުވާ މަޖިލިސް އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހެވެ.  

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މި މެމްބަރުން އައްޔަން ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުކަމަށެވެ.

 

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" މިހާރު ހަމަޖެހިފައިވާ ގޮތް

  1. ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  2.  ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  3. ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރ
  4.  ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
  5. އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް