ads
ބީއެމްއެލް ކޮމިއުނިޓީ ފަންޑް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އާ ޕްރޮޖެކްޓުތަކެއް ނިންމައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އާ ޕްރޮޖެކްޓްތަކެއް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަންޓާ ކޮންޒަރވޭޝަން އިން ކުރިއަށް ގެންދާ ރަހްވޭށީ ޕްރޮގްރާމަށް އެހީތެރިވެދިނުމަށް ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާކަމަށެވެ.

މަހެއްހާ ދުވަސް ވަންދެން މެރިން އެޑިއުކޭޝަން ކޯހެއް ސ.ހިތަދޫގައި ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ލޯކަލް ކޮމިއުނިޓީގެ މެމްބަރުންނާއެކު މަންޓާ ރޭސް ސާވޭ ކުރުމަށް ދަތުރަކާއި އެންޖީއޯގެ ރިސާޗް މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

ޒުވާން ޖީލަށް ކުޅިވަރުގައި މޮޅުވުމުގެ ފުރުސަތުތައް ބާރުވެރިކުރުމަށާއި ފުރުސަތުތައް ތަނަވަސްކުރުމަށް ޒުވާނުންގެ ތަރައްގީގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ހދ. ނެއްލައިދޫގައި ހުންނަ އެންޖީއޯ އެފްއޭޓީއޯ ސްޕޯޓްސް އެކެޑެމީން މަސައްކަތްކޮށްދެއެވެ. އެގޮތުން ބީއެމްއެލްއިން ގެ ކޮމިއުނިޓީ ފަންޑުގެ ތެރެއިން އެކުންފުނިން ވަނީ ކުޅިވަރާ ގުޅޭ ގިނަ ސަމާނު ގަތުމަށް އެހީތެރިވެދީފަ އެވެ.

މީގެއިތުރުން މުލަކު ސްކޫލްގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވަނީ ކުދިންނަށް އައުޓްޑޯ ފޮތް ކިޔުމުގެ ޕާކެއް ގާއިމްކޮށް ހުޅުވާދީފާ އެވެ. އެ ކަން ހަގީގަތަކަށް ހަދާ ދިނުމަކީ ބީއެމްއެލްއަށް ލިބުނު ވަރަާަށް ބޮޑު އުފަލެއް ކަމަށާއި މި ޕާކު ގާއިމްކުރެވުމާއި އެކު ދަރިވަރުންގެ ތެރޭގައި ކިޔެވުމާއި އިލްމަށް އިތުރަށް ލޯބި އުފެދިގެން ދާނެކަމަށް ބީއެމްއެލްއިން އުއްމީދުކުރާކަމަށް އެ ކުންފުނިން ބުނެ އެވެ. 

your imageކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި 4 ޕްރޮޖެކްޓެއް - ފޮޓޯ: ބީއެމްއެލް

އއ.އުކުޅަހާއި، ހއ. މާރަންދޫއާއި އަދި ހއ. ތަކަންދޫގައި އެންޖީއޯ، އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރިނިއަރސް އިން ކުރިއަށް ގެންދާ ލައިފް ކޯޗިންގ އަދި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަށް ސަޕޯޓް ދިނުމަކީ  ބީއެމްއެލްއިްނ ވަރަށް އުފާކުރާކަމެއްކަމަށް އެކުންފުނިން ބުނެ އެވެ. 

މި ޕްރޮގްރާމް މެދުވެރިކޮށް އެންޖީއޯއިން އުންމީދު ކުރަނީ އަންހެނުން ބާރުވެރިކޮށް، ހިތްވަރުދީ، އެހީތެރިވެދިނުމަށް ކަަމަށް ބީއެމްއެލްއިން ބުނެއެވެ. މި ޕްރޮގްރާމްގައި ހިމެނޭ މައުލޫއުތަކުގެ ތެރޭގައި އެމްޕަވަރމަންޓް, ސްޓްރެސް މެނޭޖްމަންޓް, ކޮމިއުނިކޭޝަން, ޑިޖިޓަލް މާކެޓިންގ ގެ އިތުރުން ވިޔަފާރިއަށް ތައާރަފްވުން ހިމެނޭކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް