ads
މަޖިލިސް އިންތިހާބުގައި 602 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައި
ބައެއް ވޯޓް ފޮށި ބަހައްޓާ ތަންތަނަށް ބަދަލުތަކެއް
އަންނަ މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާތަކުގައި ވޯޓް ފޮށި ބަހައްޓާ ތަންތަނށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެތެރެއިން 3 ފޮއްޓަކީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮއްޓެވެ. ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި އެވެ.

ބައެއް ވޯޓު ފޮށި ބަހައްޓާ ތަން ބަދަލުކުރީ ވޯޓުލާން ނުކުންނަ މީހުންނަށް ފަސޭހަކޮށްދިނުމާ އެކު ތޮއްޖެހުން ކުޑަކުރަން ކަމަށް އީސީން ބުނެއެވެ. 

ވޯޓް ފޮށި ބަހައްޓާ ތަން ބަދަލުވި ފޮށިތައް

  • ނ. ވެލިދޫ-1 - ނ. ވެލިދޫ، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
  • ތ. ގުރައިދޫ-1 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
  • ތ. ގުރައިދޫ-2 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭވީ ރޫމް
  • ތ. ތިމަރަފުށި-1 - ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
  • ގަލޮޅު ދެކުނު-5 - މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
  • ރ. އަތޮޅު، މާލެ-2 - އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
  • ދ. އަތޮޅު، މާލެ-1 - މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
  • ލ. އަތޮޅު، މާލެ-5 - މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ

މަޖިލިސް އިންތިހާބުގައި މާލޭގައި ސަރަހައްދުގައި 241 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި 181 ފޮއްޓާއި ހުޅުމާލޭގައި 51 ފޮއްޓާއި ވިލިމާލޭގައި 9 ފޮއްޓެވެ.

ވޯޓް ފޮށި ބަހައްޓާނެ ތަންތަން 

  • މާލޭ 181 ފޮށީ 
  • ހުޅުމާލެ 51 ފޮށި 
  • އަތޮޅުތެރެ 319
  • ވިލިމާލެ 9
  • ރިސޯޓް 34 
  • ރާއްޖެއިން ބޭރުގައި 3 
  • ޖަލުތައް 5 


އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 

ވޯޓާސް ދެ ޖިންސަށް ބެހޭ ގޮތް 

  • އަންހެން 139،361
  • ފިރިހެން 145،302

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް