ads
މިސްކިތެއްގައި ހުރި ހަތިމްތަކެއް. ބާވެ ހަލާލުވެފައި ހުރި ހަތިމްތަކާ ސިޓީ ކައުންސިލުން ހަވާލުވަނީ
ބާ ހަތިމެއް ނައްތާލަން ބޭނުންތަ، ސިޓީ ކައުންސިލާ ހަވާލުކުރޭ
ގޭގައި ހަލާކުވެފައި ހުރި ބާ މުޞްޙަފުތައް ސިޓީ ކައުންސިލަށް ނަގަން ނިންމާ އެތަކެއްޗާއި ހަވާލުވާން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު އެ ކައުންސިލުން ނަގަން ނިންމާފައިވާކަމަށެވެ. އަދި މި ފަދަ ތަކެތި ގޭގެއިން ގެނެސް ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

މިގޮތުން، މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި ބަލައިގަންނަން މިމަހު 27 ގައި ފަށާނަކެމަށާއި އަންނަ މަހުގެ 2 ގެ ނިޔަލަށް އެ އިދާރާއިން އެ ތަކެއްޗާއި ހަވާލުވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

ކައުންސިލުން ބުނީ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައިގަންނަމުން ދާނީ ކޮންމެ 9:00 ން ހަވީރު 4:00 ކަމަށެވެ. އަދި ތަކެތި ބަލައިގަންނާނީ އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަންފެ އިތުރުުން ހުޅުމާލޭގައި ހުންނަ ސެކްޝަނުން މި ތަކެއްޗާއި ހަވާލުވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

ގޭގޭގައި ބާވެ ހަލާކުވެފައި ހުންނަ ހަތިމްތައް ނައްތާލެވޭނެ ގޮތެއް ނެތުމުން ބައެއް މީހުން އެތަކެތި ކުނި ގޮނޑަށް އުކާލުމުން އާދެއެވެ. އަނެއް ބަޔަކު އެ ތަކެތި މިސްކިތަކަށް ލަމުން ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް