ads
މާލެ ކައިރީގައި އޮތް ކްރޫޒްލައިނާ އެމްއެސް އާޓެނިއާ - ފޮޓޯ: މާޔާ
ރާއްޖެއަށް އިތުރު ދެ ކްރޫޒްލައިނާއެއް އަތުވެއްޖެ
ރާއްޖެއަށް އަނެއްކާ ވެސް އިތުރު ދެ ކްރޫޒްލައިނާއެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން ބުނި ގޮތުގައި، "އެމްއެސް އާޓެނިއާ" ކްރޫޒްލައިނާ ވަނީ އިއްޔެ ހެނދުނު 6:00 ގައި ރާއްޖެ އައިސްފައި ކަމުގަ އެވެ.

މާލެ ކައިރީގައި އޮތް، ކޮލޮންބޯއިން އައި މި ކްރޫޒްލައިނާގައި 1،200 ފަތުރުވެރިންނާއި 530 ކްރޫއިން ވަނީ އައިސްފަ އެވެ.

މި ދެ ކްރޫޒްލައިނާއާއެކު މި އަހަރު ރާއްޖެ އައި ކްރޫޒްލައިނާތަކުގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ. މާޔާއިން ބުނެފައިވަނީ މި މަހުގެ ތެރޭގައި އަދި އިތުރު ކްރޫޒްލައިނާއެއް ވެސް އަންނާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ ރާއްޖެއަށް ކްރޫޒްލައިނާއެއް އައިސްފައިވެ އެވެ. އެމް އެސް އައިދިއާބެލާ ކިޔާ އެ ކްރޫޒްލައިނާއިން 2،148 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް