ads
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް