ads
ބައްސާމް
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށްވުރެ ގިނަ އެޕްލިކޭޝަން
މުސާރައިގެ މައްސަލަތައް ޖެހިފައިވީނަމަވެސް އެފްއޭއެމުން އިއުލާން ކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން މި ފަހުން، ޓެކްނިކަލް 13 މަގާމަކަށް ކުރިމަތިލާން އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ހުޅުވާލައިފައިވާއިރު، އެއަށް އިޖާބަދީ 600 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.  "ޖޮބްސް ފޯ ފުޓްބޯލް" ގައި އެފްއޭއެމުން އިއުލާން ކުރި ވަޒީފާތަކަށް ކުރިމަތިލުމަށް އަދިވެސް މަހެއްހާ ދުވަސް އެބައޮތެވެ.

ގިނަ މަގާމުތަކެއް އެފްއޭއެމުން އިއުލާން ކުރި އިރު، އެ އެސޯސިއޭޝަނަށް ފީފާގެ ޑިވެލޮޕްމެންޓް ފަންޑު ނުދީ އެ އިދާރާއިން ވަނީ ހިފަހައްޓައިފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ އެސޯސިއޭޝަންގެ މުސާރަ ނުދެވި ބޮޑު ބެކް ލޮގެއް އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް