ads
ރައީސް ނިލަންދޫގައި
ފ. ނިލަންދޫ އެއާޕޯޓް މަސައްކަތް ރައީސް ބައްލަވާލައްވައިފި
ފ. އަތޮޅު ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގޮތް ރައީސް ބައްލަވާލައްވައިފި އެވެ.

ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް، ނިލަންދޫ އެއާޕޯޓަށް ބިން ހިއްކާ ސަރަހައްދު ބައްލަވާލެއްވިއިރު، ރައީސް އަރިހުގައި އެމްޓީސީސީގެ ސީއީއޯ އަދި މިނިސްޓަރު އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވި އެވެ. 

ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި ހަފްތާގަ އެވެ. 

ފ. އަތޮޅުގައި އަޅާ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭ ގޮތަށެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 

އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ.

ނިލަންދޫގައި ކުރިޔަށް ގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްގީގެ ލިސްޓުގެ އެންމެ ފުލުގައި އޮތަސް އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީ ހަގީގަތަކަށް ހަދައިދީފައި ކަމަށެވެ.

އެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށާއި ބިން ހިއްކައި ބާރު ސްޕީޑުގައި ނިންމާލެވޭނެ ކަމަށާއި ޖެޓް ޖެއްސޭ ފެންވަރުގެ ފުރިހަމަ އެއާޕޯޓެއް ވަރަށް އަވަހަށް ނިލަންދޫގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް