ads
ބީޗް ވޮލީ އިވެންޓެއްގެ ތެރެއިން
ކުޑަކާއްޓޭއާ އެޑަމް މޮޅުވެއްޖެ
އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދިވެހި އެއް ވަނަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ކުޅުނު ފަހު މެޗުން މޮޅުވެއްޖެ އެވެ.

އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން މުބާރާތް ކުރިއަށްދަނީ ތައިލެންޑްގައެވެ. މި މަހު 13-16 އަށް ތައިލެންޑްގެ ސޮންކްލާގައި ކުރިއަށްދާ ސަމިލާ އޯޕަންގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ގްރޫޕްގައި ކުޅުނު ފަހު މެޗުން މިއަދު ތައިލެންޑްގެ ނޮބްޕަދޯން އާއި ޗަޓްޗާވަންގެ ޕެއާ އަތުން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 18-21، 21-17 އަދި 15-09 އިންނެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާގެ އިތުރުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާވެސް ދިވެހި ކޮންޓިންޖެންޓުގައި ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް