އިސްރާއީލުން މީގެ ދިހަވަރަކަށް ދުވަސްކުރިން ސޫރިޔާއަށް ދިން ހަމަލާތަކެއް އެ ގައުމުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އަމާޒުކޮށް އީރާނުގެ ހަތް މީހަކާއި އެހެންގައުމުތަކުން ހަތަރު މީހަކާއެކު 11 މީހަކު ވަނީ މަރާލާފަ އެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރީ ދެކޮމާޑަރަކާއި ފަސް ޑިޕްލޮމޭޓުން ހިމެނެއެވެ.
މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވައިގެ މަގުން ޔަހޫދީންނަށް ހަމަލާދޭން ފެށީ މިރޭގެ ވަގުތެއްގައި އެވެ.
އީރާނުން އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފައިވާ މި ދަނޑިވަޅުގައި އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ހަމަލާއެއް އަންނަ ކަމުގެ "ސައިރަން" ވަނީ އަޅަން ފަށައިފަ އެވެ.
އިޒްރޭލު ނޫސްތަކުން ބުނާ ގޮތުގައި އީރާނުން އިސްރާއީލާށް ފޮނުވާލާފައިވަނީ ގިނަ އަދަދެއްގެ ޑްރޯން އާއި ބެލެސްޓިކް މިސައިލްތަކެވެ. މި މިސައިލްތަކުން އިސްރާއީލަށް ވަރަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ބެލެވޭއިރު، އިސްރާއީލުން އަންނަނީ އެމެރިކާގެ އެހީގައި އެ ޑްރޯންތަކާއި މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
މި ޑްރޯންތައް އިސްރާއީލަށް ފޯރާނެ ކަމަށް ބެލެވެނީ އިސްރާއީލުގެ ގަޑިން މެންދަމު 2 (ރާއްޖެ ގަޑިން ފަތިހު4) ޖަހާއިރު ކަމަށް ބެލެވެ އެވެ.
މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުން އިސްރާއީލަށް ފޮނުވާލި 100 އަށް ވުރެ ގިނަ ޑްރޯން ދެނެގަނެފަ އެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ދަނީ ޑްރޯންތައް ޓްރެކުކޮށް، ފައެވެ. އޭގެ ތެރޭގައި މިސައިލް ވެސް ހިމެނިދާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެ އެވެ،
މިހާރު ޓްރެކް ކުރަމުންދާ ޑްރޯންތައް ގަޑިއެއްހާއިރުގެ ތެރޭގައި އިސްރާއީލަށް ފޯރާނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ކުރިން ޑްރޯންތައް ހުއްޓުވުމަށް މަސައްކަތް ކުރާނެކަމަށް އިސްރާއީލުން މައުލޫމާތުދެ އެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ތެލް އަވީވްގައި ވޯ ކެބިނެޓް ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު އަންނަނީ...