ads
އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މެނޭޖިން - ފޮޓޯ: އެމްޑަބްލިއުއެސްސީ
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑްކުރަނީ
އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެއް އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި 282 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރެއިން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ. އަދި ފެން ރައްކާކުރާ 200 ޓަނުގެ ތިން ތާނގި އާއި 100 ޓަނުގެ ތިން ތާނގި ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ބޯހޯލް ތޮރުފައި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓަކާއި ފެން ރައްކާކުރުމަށް 1،000 ޓަނުގެ ތިން ތާނގި ބަހައްޓާނެ އެވެ.

މީގެ އިތުރުން ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާނގި ބަހައްޓުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށްރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގުމާއި، ސްޕެއާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް