ads
ވިދްޔާ ބަލަން
ބޮލީވިޑް އިންޑަސްޓްރީގައި އޮންނަ ނެޕޮޓިޒަމްއާ ދެކޮޅަށް ވިދްޔާ ބުނީ ކީކޭ؟
ބޮލީވުޑްގެ މަޝްހޫރު ތަރި ވިދްޔާ ބަލަން ބޮލީވުޑް އިންޑަސްޓްރީގައި ޒަމާނުއްސުރެއް އޮންނަ ނެޕޮޓިޒަމް އާ ދެކޮޅަށް ބަސް ބުނެފި އެވެ. ނެޕޮޓިޒަމް އަކީ މަސައްކަތެއް ނުވަތަ ދާއިރާއެއްގައި ގާތްތިމާގެ މީހުންނަށް ނުވަތަ ރައްޓެހިންނަށް ފައިދާއެއް ނުވަތަ މަގާމެއް ދިނުމެވެ.

45 އަހަރުގެ ވިދްޔާ ދަނީ މިމަހުގެ 18 ގައި ނިކުތުމަށް ހަަމަޖެހިފައިވާ އޭނާގެ އާ ފިލްމް ދޯ އޯރް ދޯ ޕްޔާރް ބެލުން ތެރިންނަށް ދޫކޮށްލުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 

އިންޑިއާގެ މީޑިއާއަކަށް މިފަހުން ދިން އިންޓަވިއުއެއްގައި ނެޕޮޓިޒަމްއާ ދޭތެރޭ ދެކޭ ގޮތުގެ ހިޔާލު ފާޅުކުރަމުން ވިދްޔާ ބުނީ ފިލްމީ ދާއިރާއަކީ މީހެއްގެ ބައްޕައަށް ނިސްބަތްވާ ތަނެއް ނޫންކަމަށެވެ. އެހެންނޫންނަމަށް ހުރިހާ މަޝްހޫރު މީހުން ދަރިންވެސް އިންޑަސްޓްރީގައި ކާމިޔާބު ހޯދާނެކަމަށެވެ.

ވިދްޔާ އިތުރަށް ބުނީ އޭނާ އަމިއްލަ ކަންކަން އަމިއްލައަށް ބޭނުންވާގޮތަށް ކުރުމުން ހިތް އުފާވާކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އިންޑަސްޓްރީގައި ބާރުވެރިކަން އޮންނަ މަޝްހޫރު މީހެއްގެ ހިޔަލުގައި މަސައްކަތްކުރި ނަމަ އޭނާއަށް އެހެން މީހުން ހިތްހެޔޮވީސްކަމަށެވެ. 

ނަމަވެސް އޭނާއަށް ލިބުނު މަސައްކަތުގެ ފުރުސަތުތަކަށް ބަލާނަަމަ އޭނާއަށް އެއްވެސް މީހެއް ކަންކަން ކުރުމުގައި އިންކާރުކޮށްފައި ނުވާކަމަށް ވިދްޔާ ބުނެ އެވެ. އެހެންކަމުން އެފަދައިން އޭނާ މިހާރު އެއްގޮތަކަށްވެސް ނުވިސްނާކަމަށްވެސް އިންޓަވިއުގައި ވިދްޔާ ހާމަކުރި އެވެ.

ވިދްޔާ ފިލްމީ ދާއިރާއަށް ނިކުތީ 2005 ވަަނަ އަހަރުގަ އެވެ. ޕަރިނީތާ ކިޔާ ފިލްމަކުން ވިދްޔާ ފެނިގެން ދިޔައީ ސަންޖޭ ދަތު އަދި ސައިފް އަލީ ހާނާ އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް