ads
ރަށްވެހި ޗެލެންޖުގެ ތެރެއިން
ރަށްވެހި ޗެލެންޖުގެ ފައިނަލަށް އެންވައިޖީ އަދި ފަހުލަވާނު
ފ. ނިލަންދޫގައި ކުރިއަށްދާ ރަށްވެހި ޗެލެންޖު ފުޓްސަލް މުބާރާތުގެ ފައިނަލުން އެންވައިޖީ އަދި ފަހުލަވާން ފުރުސަތު ހޯދައިފިއެވެ.

ފަހުލަވާން ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ރޭވަންސް ހަތަރު ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. 

އެންވައިޖީ ފައިނަލަށް ދިޔައީ ފޯރިގަދަ ސެމީ ފައިނަލް މެޗެއްގައި މިއަދު، އެންމެ ފަހުގެ ޗެމްޕިއަން އެސްޖީސީ ބަލިކޮށްގެންނެވެ. މި މެޗުން އެންވައިޖީ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. 

އެންވައިޖީއާ ފަހުލަވާން ކުޅޭ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް