ads
އެންމެ ފަހުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީނޭޖް
ބައިބަލާ މުބާރާތް ފަށައިފި
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ފަށައިފިއެވެ.

މި ފަހަރުގެ ބައިބަލާ މުބާރާތުގައި ޖުމްލަ 34 ޓީމް ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދަނީ ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައިވަނީ ކުލަބު ޓީނޭޖް، ޓީސީ ސްޕޯޓްސް ކުލަބު، ޔުނައިޓެޑް އީސްޓް ކޯސްޓް، ބުރު ސްޕޯޓްސް ކުލަބު، ޖޭކޭ ސްޕޯޓްސް ކުލަބު އަދި ޓީސީ ގޯޅިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ޓީނޭޖުން މި އަހަރު ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޒެފްރޯލާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް