ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް
"ރާއްޖެ ބަނގުރޫޓް ކުރަން އެމްޑީޕީން ކުރި މަސައްކަތް ހުއްޓުވީ މުއިއްޒު"
ރާއްޖެ ބަނގުރޫޓް ކޮށްލުމަށް އެމްޑީޕީން ކުރި މަސައްކަތް ހުއްޓުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުޅުނީ ގައުމު ދަރުވާލަން ކަމަށެވެ.

އެކަން މި ސަރުކާރުން ހައްލު ކުރަމުން އަންނަ ކަމަށާއި، އެގޮތުން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ވެސް އިތުރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފަންޑު މިހާރު 35 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ކުރިއަށްއޮތް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ގިނަވެގެން ދެ އަހަރުތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ތިރިކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައި ހުރިގޮތުން މި ސަރުކާރުގެ ފުރަތަމަ ހަތަރު މަސްދުވަސް ތެރޭގައި ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގަ އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މާވަށުގެ ޒުވާނުންނާއި ރައްޔިތުން ތިބީ ވަޒީފާއަށް ބޭނުންޖެހިފައި ކަމަށާއި، އެކަން އެރަށު ރައްޔިތުންނަށް ފަހި ކޮށްދޭނެ ކަމަށެވެ. އެގޮތުން އެކަމުގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް