ކޭޕޮޕްގެ ނަން މަޝްހޫރު ބޭންޑް ބްލެކްޕިންކް އަށް ނިސްބަތްވާ ޖެނީ މި ރިކޯޑް މުގުރާލާފައިމި ވަނީ އެމެރިކާގެ މަޝްހޫރު އާޓިސްޓު ލިލީ ޑެޕް އަދި ވީކެންޑް އާއި އެއްކޮށް ކިޔި ލަވަ ވަން އޮފް ދަ ގާލްސް އިންނެވެ.
ހުނަރުވެރި ރީތި އަޑެއްގެ ވެރިއެއްގެ އިތުރުން ޖެނީ އެންމެފަހުން ފެނިގެން ދިޔައީ ފިލްމީ ފަންނާނެއްގެގޮތުގަ އެވެ. ޖެނީ ބްލެކް ޕިންކް ގައި ޑެބިއުޓް ކުރީ 2016 ގައެވެ. 2023 ގައި ނިކުތް އެޗްބީއޯގެ ހިޓް ސީރީޒް ދަ އައިޑޮލް އަކީ އަކީ ޖެނީ ގެ ފިލްމީ ދާއިރާގެ ކާމިޔާބު ފެށުމެވެ. ދަ ގާލްްސް އަކި މި ސީރީޒްގެ ލަވައެކެވެ.
ޖެނީ ގެ ފޭނުން ދަނީ އޭނާގެ މިއަހަރުގެ ޕްރޮޖެކްޓްތަކަށް އިންތިޒާރުކުރަމުންނެވެ. އަދި މީޑިއާގައި ދަނީ ޖެނީ ވަރަށް އަވަހަށް މިއަހަރު ތެރޭ ސޯލޯ އަލްބައެއް ނެރޭނެކަމަށް ވާހަކަދެކެވެމުންނެވެ.