ads
ބީޗް ވޮލީ އިވެންޓެއްގެ ތެރެއިން
ބީޗު ވޮލީ ޓީމު ތައިލޭންޑަށް
ސޮންގްލާ ބީޗް ޓުއާގައި ވާދަކުރުމަށް ދިވެހި ގައުމީ ބީޗް ވޮލީބޯޅަ ޓީމު ފުރައިފިއެވެ.

23 ވަނަ ސޮންގްލާ ބީޗް ޓުއާ އޮންނާނީ ތައިލެންޑްގެ ސޮންގްލާގައެވެ. މި މުބާރާތުގައި ދިވެހި ދެ ޓީމެއް ވާދަކުރެއެވެ. އެއީ އޭގައި އާދަމް ނަސީމް (އެޑަމް) އާއި އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ހިމެނޭ އޭ ޓީމު އަދި މުޙައްމަދު އަލީ (ޑެންޒޯ) އާއި އަޙްމަދު މުޙައްމަދު (ކޯކޭ) ހިމެނޭ ބީ ޓީމެވެ. ދިވެހި ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަޝީދެވެ. އެސިސްޓެންޓް ކޯޗަކީ ރިޝްވާން މުޙައްމަދެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 13 އިން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި 17 ގައުމަކުން ޓީމުތައް ވާދަކުރަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް