ads
ރައީސް
ރައީސްގެ ފޮޓޯ ނެގި އިންޑިޔާ މީހަކު ހައްޔަރުކޮށްފި
ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ރޭ ޖުމްހޫރީ މަައިދާނުގައި ބޭއްވި އިވެންޓްގެ ތެރެއިން ރައީސްގެ ފޮޓޯ ނެގި އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުން ހައްޔަރު ކުރި އިންޑިޔާ މީހަކީ، 31 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކީ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. 

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ޝަރުތުކޮށް ދޫކޮށްލާފައެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ އެ އިވެންޓް އޮތް ސަރަހައްދުގައި ބަންދުކޮށްފައި އޮތް ސަރަހައްދަށް ވަދެ އުޅެނިކޮށް ރައީސްގެ ސިކިއުރިޓީން ނުކުންނަން އެންގި މީހެކެވެ. އަދި އޭނާގެ ފޯނުން ރައީސްގެ ފޮޓޯ ނަގަން އުޅުނު ކަން، ރައީސްގެ ސިކިއުރިޓީ ބަލަހައްޓާ ސިފައިން ބަޔާން ދީފައިވާކަން ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް