ads
ސަންޖޭ ދަތް
ސަންޖޭ މަޖިިލިސް އިންތިހާބުގައި ވާދަކުރަނީތަ؟
ބޮލީވުޑް އިންޑަސްޓްރީގައި ފުއްނާބު އުސް ފިލްމީ ތަރި ސަންޖޭ ދަތް އިންޑިއާގެ މަޖިލިސް އިންތިހާބު ލޮކް ސަބްހާގައި ވާދަކުރަން ނިންމާފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

1981 ވަނަ އަހަރު ރޮކީ އިން ބޮލީވުޑްގެ ފިލްމް އިންޑަސްޓްރިއަށް ތައާރަފްވި ސަންޖޭ ދަތް ލޮކް ސަބްހާގައި ބައިވެރިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ އެކަން ހޫނު ހަބަރަކަށްވެ ގިނަ ބައެއް ގެ ޝައުގު އަތުލާގަނެފަ އެވެ.

ހަގީގަތެއް ނޭންގޭ މިވާހަކަ ފެތުރުމާއިއެކު ސަންޖޭ ވަނީ އެ ވާހަކައާއި ބެހޭ ގޮތުން  ބެހޭ ގޮތުން އޭނާގެ އެކްސް ގެ ރަސްމީ އެކައުންޓްގައި ވާހަކަދައްކާފައެވެ. ސަންޖޭ ވަނީ އެއީ ހަގީގަތާ ހިލާފު އަދި މުޅިން ދޮގު ވާހަކަތަކެއްކަމަށް ހާމަކޮށްފަ އެވެ. ސަންޖޭ ވިދާޅުވީ ލޮކް ސަބްހާގައި އޭނާ ބައިވެރިވާކަމަށް ބުނެ ފަތުރާ ދޮގު ވާހަކަތަށް ހުއްޓުމަކަށް މިހިސާބުން އޭނާ ގެންނަން ބޭނުންކަމަށެވެ.އަދި އެއްވެސް ޕާޓީއެއް ނުވަތަ އިންތިހާބެއްގައި ބައިވެރިވާކަށް ނޫޅެން ކަަމަށާއި އެކަހަލަ ބޮޑު ކަމެއްގައި އޭނާ ބައިވެރިވާނަަމަ އެކަން ފުރަތަ އިއުލާން ކުރާ މީހަކަށްވެސް ވާނީ އޭނާ ކަަމަށް ސަންޖޭ ވަނީ އެކްސްގައި ކުރި ޕޯސްތަކުން ބުނެފަ އެވެ. ހެކި ނެތް މީސްމީހުން ފަތުރާ ދޮގު ވާހަކަތައް ގަބޫލުނުކޮށް އެކަންކަމުން ދުރުވެ ހުރުމަށް ސަންޖޭ ވަނީ އެ ޕޯސްޓްގައި އޭނާގެ ސަޕޯތަރުންނަށް އަންގާފަ އެވެ.

މީޑިއާގައި މިކަން ބޮޮޑަށް ފެތުރިފައިވަނީ ސަންޖޭ ދަތްގެ އާއިލާގެ ބައެއް މެމްބަރުންނަކީ ސިޔާސީ ކަންކަމުގައި އިސްވެ އުޅުން ބޭފުޅުންނަށް ވާތީކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. އެގޮތުން ސަންޖޭ ދަތްގެ ބައްޕާ ފުޅަކީ ކޮންގްރެސް ޕާޓީއަށް ގިނަ ގުނަ ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސަންޖޭ ގެ ދައްތަ ޕްރިޔާ ދަތް އަކީ ކޮންގްރެސް ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް