ads
ސާރާ އަލީ ޙާން
ބްރޭންޑް ހެދުން ނުގެންގުޅެއޭ ބުނުމުން ސާރާއަށް ފާޑުކިޔަނީ
ބްރޭންޑެޑް ހެދުން ނުވަތަ ޑިޒައިނާ ހެދުން ނުގެންގުޅޭކަަމަށް ބުނުމުން ސާރާ އަލީ ހާންއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ހާންގެ ދަރި ސާރާ އަކީ އޭނާގެ ބައްޕަ ފަދައިން މަޖާ މިޒާޖެއް ހުންނަ، ވަރަށް މަޝްހޫރު، ލޯތްބާއި މަގުބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ.

ދާދި ފަހުން ސާރާ ވޯގް މެގަޒީންއަށް ދިން އިންޓަވިއު އެއްގައި އޭނާ ވަނީ އޭނާގެ އަންނައުުނުތައް ބަހައްޓާ އަލަމާރީގައި އެއްވެސް ބްރޭންޑަޑް ނުވަތަ އަގޮބޮޑު ހެދުމެއް ނުހުންނާނެ ކަމަށާއި އެފަދަ ހެދުން ލާ ނޫޅޭ ކަމަށް ހާމަކޮށްފަ އެވެ. 

"އަހަރެންނަށް ޑިޒައިނާ ހެދުން ހަށިގަނޑުގައި ތައްލާ ހެން ހީވަނީ، ހަަމަ އަސްލަށްވެސް ވާޑްޑްރޯބްގައި ބްރޭންޑެޑް އަގުބޮޑެތި ހެދުން ނުހުންނާނެ،" އުމުރުން 28 ގެ ސާރީ ބުންނެވެ.

ސާރާ ބުނީ އޭނާ މީހުން ތެރޭ މަގުބޫލްވާން ބޭނުންވަނީ އޭނާ ލާ ހެދުމަކުން ނޫންކަމަށެވެ. އޭނާ ބޭނުން ވަނީ އެންމެންވެސް އޭނާގެ މިޒާޖަށް ބެލުމަށްފަހު މަގުބޫލްކަންހޯދަންކަމަށެވެ.

މިގޮތަށް ބުނުމުން ސާރާ އަށް ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔުން ގިނަވެ އަދި ބައެއް މީހުން އޭނާއަށް ވަނީ ޖޯކު ވެސް ޖަހާފަ އެވެ. ފާޑު ކިޔާ މީހުން ސުވާލު އުފައްދާފައިވަނީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ސާރާ އެފަދަ ފޭރާން ނޭޅުމުގެ ސަބަބަކީ ކޮބާ ކަަމުގެ މައްޗަށެވެ.

ސާރާ މަޝްހުރުވެފައި ވަނީ ވަރަށް ހިތްހެޔޮ، އޯގާތެރި އަދި ތޫނި ފިލި ކުއްޖެއްގޮތުގަ އެވެ. ސާރާ އަލީ ހާން މެއިން ލީޑް ކުޅުނު އޭ ވަތަން މޭރީ ވަތަން ނިކުމެފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. އިންޑިއާ މިނިވަންވި ގޮތް ދައްކުވައިދޭ މިފިލްމް އަދިވެސް ދަނީ ގިނަ ބައެއްގެ މަގުބުލުކަން ހޯދަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް