ads
ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި
މި އަހަރުގެ މިހާތަނަށް ހަ ލައްކަައަށްވުރެެ ގިނަ ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކަައަށް ވުރެެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އޭޕްރީލް މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް 637،773 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމުގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 560،995 ފަތުރުވެރިންނެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން މި އޭޕްރީލް މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އަށް އިންސައްތަ ދަށްވެފަ އެވެ. އެގޮތުން މި މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް 33،769 ފަތުރުވެރިން ރާއްޖެ އައި ކަަމަށް ދައްކާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 37،067 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެެވެ. އެގޮތުން ޗައިނާއިން 70،394 ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާ އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އިނގެރޭސި ވިލާތް އޮތްއިރު، ހަތަރުވަނައިގައި އޮތީ އިޓަލީ އެވެ. 

މިދިޔަ އަހަރުގެ އެއްވަނަ މާކެޓްގެ ގޮތުގައި އޮތް އިންޑިއާ ވަނީ މި އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ ލިސްޓުގެ ފަހަތަށް ވެއްޓިފަ އެވެ. އެގޮތުން 36،306 ފަތުރުވެރިނާއެކު އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް