ads
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ކުށްކުރާ ކުދިންނަށް ދެނީ އަދަބެއް ނޫން, އެ ކުދިންނަށް ދެނީ ފަރުވާ: ޕީޖީ
ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި އެ ކުދިންނަށް ދެނީ ފަރުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫ މިސްކިތުގައި ތަރާވީހް ނަމާދު ވަގުތު ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ މީީސް މީޑިއާއަށް ތިލަވުމާ ގުޅިގެން ޕީޖީ ޝަމީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ އެ ކުދިންނަށް ފަރުވާދީ، ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރެވޭނީ ރިހެބިލިޓޭޝަނުން ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކުރުމަކީ ވެސް ހަލެއް ނޫން ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޝަމީމް ވިދާޅުވީ އެފަދަ ކުދިންނަށް ފަރުވާ ދެވޭނެފަދަ ފަންނީ ގާބިލް މީހުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އަދި ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމެއް ހިންގިއްޖެ ނަމަ، އެކަން ކާމިޔާބު އިންވެސްޓްމެންޓަކަށް ވާނެ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ޝަމީމް ވިދާޅުވީ ގާނޫނީ ނިޒާމުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ކަމުގައިވާ 15 އަހަރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެ ކުއްޖަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ފަރުވާގެ މާނަ ނޫން ކަމަށެވެ. އަދި އެފަދަ ހާލަތުގައި ފިޔަވަޅު އެޅޭނެ ނިޒާމާއި އެކަމާބެހޭ ގަވާއިދުތައް ވެސް ހެދިފައިވާކަމަށް ޝަމީމް ވިދާޅުވި އެވެ.

ކުށްކުރާ ކުޑަކުދިންނަށް އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންޖެހޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެ ހުރިހާ ކުށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މި ވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ." ޝަމީމްގެ ޕޯސްޓްގައިވެ އެވެ.

 

މީގެއިތުރުން ޝަމީމް ވިދާޅުވީ ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލާނަމަ ކުށްވެރީންގެ ޖީލެއް އުފެދިދާނެ ކަމަށެވެ. އަދި އެހެންވެއްޖެ ނަމަ އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހޭނެ ކަމަށް ޝަމީމް ފާހަގަކުރެއްވި އެވެ.

ރަސްދޫގައި ދެ ކުއްޖަކު ވެގެން އެހެން ކުޑަކުއްޖަކަށް ބުލީ ކުރާ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ހަޑިހުތުރު ބަހުން އެ ކުއްޖާއާއަށް ބިރު ދައްކާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އެ ރަށަށް ހާއްސަ ޓީމެއް ވެސް މިހާރު ގޮސްފައިވާއިރު، ފުލުހުން ބުނެފައިވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް