ads
ދޮންކެޔޮ: ރާއްޖޭގައި ވެސް ވަރަށް ހެދޭ މޭވާއެއް
ދޮންކޭލަކީ...!
ދޮންކެޔޮ އުފެދުނީ މީގެ 10،000 އަހަރާ ހަމައަށް ކަމަށް ބެލެވޭއިރު ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ ދުނިޔޭގެ ފުރަތަމަ މޭވާ ކަމަށް ވެދާނެ އެވެ. ފުރަތަމަ ދޮންކެޔޮ ހެދީ މާލެޔާލާ ޕެނިންސުލާ، އިންޑޮނޭޝިއާ، ފިލިޕީންސް އަދި ނިއު ގިނީ ހިމެނޭ ސަރަހައްދުގައި ކަމަށް ބެލެވެ އެވެ. މިތަނުން ވިޔަފާރިވެރިންނާއި ދަތުރުވެރިން އިންޑިއާ، އެފްރިކާ އަދި ޕޮލިނީޝިއާއަށް ދޮންކެޔޮ ގެންދިޔަ އެވެ.

މީގެ 10000 އަހަރުކުރީގެ އުފެދުނު މޭވާގެ ތާރީހުގެ ވާހަކަ މިވަގުތަށް ދައްކަން ދައްޗެވެ. ނަމަވެސް އަދުގެ ސައިންސާއި ރިސާާޗަރުންގެ އެހީގައި "ދޮންކެޔޮ ނުވަތަ ބަނާނާ" ގެ ސިއްހީ ފައިދާތައް ގެނެސްދިނުން އެއީ ރޯދައަށް ހުރެ ކޮށްލަން މާ ދަތިކަމައް ނޫނެވެ. އެހެންކަމުން މިއަދު މި ބަލާލަނީ "ދޮންކެޔޮ" ގެ ބައެއް ސިއްހީ ފައިދާއަށެވެ.

ދޮންކޭލަކީ...! ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ސިއްހީ ގިނަ ފައިދާތަކެއް ލިބޭއިރު، ކޮންމެ ދުވަހަކު ދޮންކެޔޮ ބޭނުން ކުރާނަމަ ސިއްހީ ގޮތުން ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ލިބިދޭކަމަށް ސައިންވެރިން ހާމަކުރެ އެވެ.

ދޮންކޭލަކީ...! ދޮންކެޔޮލަކީ ވިޓަމިނާއި މެނެރަލްސް އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. މީގެއިތުރުން ދޮންކޭލަކީ ހަންގަނޑަށާއި ދިފާއީ ނިޒާމަށް ވެސް ވަރަށް ފައިދާހުރި ބާވަތެކެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެންމެ ގިނައިން މީހުން ކައިއުޅޭ އެއް މޭވާއެވެ.

ދޮންކޭލަކީ...! ކެންސަރުން ރައްކާތެރިކޮށްދޭ މޭވާ އެކެވެ. ދުވާލަކު ކެޔޮވަކެއް ކާނަމަ ކެންސަރުން ރައްކާތެރިކޮށްދޭ ކަމަށް ސައިންސްވެރިން ހެދި ދިރަސާއަކުން ވަނީ ދައްކައިފައެވެ. މި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ސައިންސްވެރިންތަކެކެވެ. ''ޑެއިލީމެއިލް'' އިން ރިޕޯޓުކޮށްފައިވާ ގޮތުގާ ދޮން ނުވާ ފެހިކުލައަށް ހުންނަ ކެޔޮވަކުގައި ގިނަ އަދަދަކަށް ރެސިސްޓެންޓް ސްޓާޗް ނަމަކަށް ކިޔާ މާއްދާއެއް ހިމެނެއެވެ. އެ މާއްދާއަކީ ގިނަ ކެންސަރު ބަލިތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތްކޮށްދޭ މާއްދާއެކެވެ. 

ދޮންކޭލަކީ...! ޑިޕްރެޝަނަށް އޮތް ހައްލެކެވެ. ދޮންކެޔޮލަކީ ގިނަ އަދަދެއްގެ ޓްރައިޕްޓޮޕާން އެކުލެވޭ މޭވާއެއްކަމުން ހަށިގަނޑުގައި އެކުލެވޭ ސެރޮޓޮނިންގެ ސަބަބުން މީހާގެ ހާސްކަން ފިލުވައިދީ މޫޑު ރަނގަޅުވެ އެވެ. ޖަޕާނު ހިމެނޭހެން ދިވެހިންގެ ވެސް އެންމެ މަގުބޫލު މޭވާތަކުގެ ތެރޭގައި ދޮންކެޔޮ ހިމެނެއެވެ.

ދޮންކޭލަކީ...! ބޭރަށް ހިންގުމަށް އޮތް ހައްލެކެވެ. ދޮންކެޔޮލަކީ އޭގައި ގިނަ އަދަދެއްގެ ފައިބަރު އެކުލެވޭ މޭވާއެއްކަމުން ކެއުމުގައި ދޮންކެޔޮ ބޭނުންކުރާނަމަ ބޭރަށް ހިންގުމުގެ މައްސަލައަށް ހައްލެއް ލިބިދެ އެވެ. ބޭރަށް ހިންގާނަމަ ދޮންކޭލާއިއެކު ލޮނު ބޭނުންކުރުމަށް ސައިންސްވެރިން ލަފާދެ އެވެ. ބޮޑުކަމުދެވޭ މިންވަރަށް ބަލައި މި ދޮންކެޔޮ ބޭނުން ކުރުމަށް ވެސް އިރުޝާދު ދެއެވެ. އަދި ބަނޑުހަރުވެފައިވާނަމަ ދޮންކެޔޮ ކެއުމަށް ވެސް އިރުޝާދު ދެއެވެ. ނަމަވެސް ބޭރަށް ހިންގާނަމަ ދޮންނުވާ ކެޔޮ ބޭނުން ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.

your imageތޮއްޓާ އެކު ދޮންކެޔޮ ކެއުމަކީ މިހާރުވެސް ކުރާ ކަމެއް

ދޮންކޭލަކީ...! ހިތުގެ ބަލީގެ ވެސް ހައްލެކެވެ. ކޮންމެ ދުވަހަކު ދޮންކެޔޮ ކައިފިނަމަ ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ. ދޮންކެޔޮލަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދައްކޮށްދެ އެވެ. ދޮންކެޔޮލަކީ ޕޮޓޭސިއަމް އާއި ފައިބަރު ގިނަ އަދަދަކަށް ހިމެނޭ މޭވާއެއްކަމުން ކެއުމުގައި ދޮންކެޔޮ ބޭނުންކުރާނަމަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތައް މެދުވެރިވުމުން ދުރުކޮށްދެ އެވެ.

ދޮންކޭލަކީ...! އޭގެ ސަބަބުން އެތަކެއް ސިއްހީ ފައިދާ ތަކެއް ލިބޭ އެއްޗަކަށް ވާއިރު، ކޮންމެ ދުވަހަކު ދޮންކެޔޮ ވަކެއް ކެޔުމަށް އާދަކުރަމާ ހިގާށެވެ. އާދައިގެ ސައިޒްގެ ދޮންކެޔޮވަކެއްގައި ހުންނާނީ 14 ގްރާމްގެ ހަކުރާއި 6 ގްރާމްގެ ސްޓާޗެވެ. އެހެންވެ ރިސާާޗަރުން ބުނަނީ މިއީ ކަންބޮޑުވާން ޖެހޭ ނަމްބަރުތަކެއް ނޫން ކަމަށެވެ. 

ދޮންކޭލަކީ...! ފައިބަރުން މުއްސަނދިވެފައިވާ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އެކަމަކު ހަކުރުބަލީގެ މީހުން ދޮންކެޔޮ ކެއުމުގައި ކޮންޓްރޯލެއް ގެންގުޅެން ޖެހޭނެ އެވެ. އެގޮތުން ހަފުތާ އަކު ދޭއް ނުވަތަ ތިން ދުވަހު ދޮންކެޔޮ ކެވިދާނެ އެވެ. ކާ އިރު ޕޯޝަން ވެސް ކޮންޓްރޯލް ކުރުމުގެ އިތުރަށް މާ ބޮޑަށް ދޮން ނޫން ކެޔޮ ކެއުމަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ އެވެ.

ދޮންކޭލުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި އެތަކެއް މިނެރަލާއި ވިޓަމިންގެ އިތުރުން މިއީ އެންޓި-އޮކްސިޑަންޓްތަކުން ވެސް މުއްސަނދި މޭވާއެކެވެ. އެހެންވެ ޑައިޓްގައި ކޮންމެހެން ވެސް ދޮންކެޔޮ ހިމަނަން ޖެހޭނެ އެވެ.

އަދި އެއްވާހަކަ އެވެ. މިފަހަރު ދޮންކެޔޮ ތޮއްޓެވެ.

ރިސާާޗަރުން ބުނަނީ ގަސް ހައްދަން ލޯބިކުރާ ނަމަ ދޮންކެޔޮ ތޮއްޓަކީ ގުދުރަތީ ގަސްކާނާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ދޮންކެޔޮ ތޮށި ޗަސްކޮށްފައި ފަސްގަނޑަށް އަޅާލުމަކީ މާ ބުރަ ކަމަކަށް ނުވާނެ އެވެ. މިކަމުގެ އަޖުމަބަލާލުމަށްފަހު، ކިޔުންތެރިންނަށް ކޮމެންޓެއް ދެއްޗެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް