ads
ސެކަންޑް ޗާންސް..!؟
(3 އޭޕްރީލް 2024 އާ ގުޅޭ) ގުޑާލަން ނޭގިފައި އަހަރެން ހުރީމެވެ. އެވީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ދިމާވި ހާދިސާގައި އޭނާގެ ޟަމީރު ކުއްވެރިކުރީބާއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ދެއްކުންތެރިކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"މުއާމަލާތު ކުރާށެވެ. އެމީހަކާއިމެދު ހިތްހަމަ ނުޖެހުނަސް، ނުވަތަ އެކަމެއްގައި ތިބާއަށް ހަމަޖެހުމެއް ނެތަސް ވެހެވެ. ރިހުންތަކަށް ލުއި ލިބޭނެ ހަމައެކަނި ގޮތަކީ އެއީއެވެ"

ކެބިންގެ ދޮރާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ފިލްމީ ގޮތަކަށް ހުއްޓިލައިގެން ޒެއިން ހުއްޓެވެ.

"ޒެއިން" މާނައެއް ނެތް ހިނިތުންވުމެއް ރައްދުކުރީމެވެ.

"ރެއާއި ދުވާލު އެކަމެއްގެ ޚިޔާލްތަކާއި ދުރުނުވެވޭ ކަމެއްގައި، ދުވަހަކުވެސް އުއްމީދު ކަނޑާނުލައްޗެވެ"

އަހަރެން ބުމަ ހިއްލާލީމެވެ. ޒެއިން މި ކިޔަނީ ކީކޭ ބާއެވެ.

"ޒެއިން.. ވަޓް އިޒް އިޓް؟"

"ޔޫ ޓެލް މީ" ކޮލުދަތްތައް ފެންނަވަރަށް ހިނިއައިސްފައި އަހަރެން ކުރިމަތީގައި އިށީނެވެ.

އަހަރެންގެ ވަށައިގެންވަނީ އަރަތެއްފަދަ ކުޅިވަރެކެވެ. ހުރިހައި ކަމެއްގެ ތެރެއިން މިހާރު ޒެއިންއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކަމަކަށް، ޒެއިން އެކިޔާ އެއްޗެއްގެ މާނައެއް އަހަންނަކަށް ނޭގެއެވެ. ދެވަނަ ކަމަކަށް މޮޔައެއްހެން ހެވިފައި މިއިންނަނީ ކޮންކަމަކާ ބާއެވެ.

"ވަޓް؟!"

"މިޒްރާ ބުނެބަލަ، މިޒްރާ ތި ކުރާ ކަމެއް" ލިޔެކިޔުންތަކަށް އިޝާރާތްކުރަމުން ޒެއިން ބުންޏެވެ.

"އޯއހ.. މިއީ.."

"އޯއްހ.. އާން .. ތި ލައްޕާލި ފައިލްތައް.." އަނެއްކާވެސް އިޝާރާތްކުރީ އަހަރެންގެ މަސައްކަތަށެވެ.

"މިއީ އަހަރެންގެ ޒިންމާއެއް.. އަހަރެން މަސައްކަތްކުރަނީ މިތަނުގައި.. ހަނދާން ނެތުނީތަ؟" މައުޟޫއު ބަދަލުކުރާން އަހަރެން ބޭނުމެވެ.

"އޯހ... އައި ސީ.. މިތާގަ މިޒްރާ މަސައްކަތްކުރަނީ ނާދިފްގެ ނުނިންމާ ހުންނަ މަސައްކަތް ކުރާންޖެހޭ މަގާމެއްގައި.." ބޯޖަހައިލަމުން ޒެއިން ބުނެލިއެވެ.

ޒެއިންއަށް އެނގުނީ ބާއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ މިކަމާއިބެހޭގޮތުން އެއްވެސް މީހެއްގެ ގާތުގައި ނަންވެސް ނުގަންނަމެވެ.

"ވަޓް.. ނޯ!" ދުރަށް ބަލަމުން އަހަރެން ބުނީމެވެ.

"މިޒްރާ.. އައި އަންޑަރސްޓޭންޑް!" ފައިލްތަކަށް ބަލަމުން ޒެއިން ބުންޏެވެ.

"އެކަމަކު އަހަންނަށް ނުވިސްނޭ އެއްކަމެއް އެބައޮތް.." އަހަންނާއި ދިމާއަށް ބަލަމުން ޒެއިން ބުނެލިއެވެ. ކުރިއަށް ގެންދިއުމަށް ހުއްދަދޭ ބެލުމަކުން  ބަލައިލީމެވެ.

"އަހަންނަށް ނުވިސްނެނީ، ތި ފައިލްތަކުގެ މަސައްކަތްތައް މިޒްރާ ނިންމުމުގެ ބޭނުމަކީ ކޮބައިކަން..! އޭނާއާއިމެދު މިޒްރާގެ ހިތުގައި ހަމަ އެއްވެސް ކަހަލަ އިހުސާސެއް ނެތް.. 'އަދިޔަކު'..! އެކަމަކު އޭނާގެ ހުރިހާ ޒިންމާއެއް ނަގަނީ މިޒްރާ.. 'މިހާރުވެސް'.. ކީއްވެ؟" އެއްފައި މައްޗަށް އަނެއްފައި ލައިގެން ޒެއިން ހަމަޖެހިލިއެވެ.

"އެއީ މި ފައިލްތައް ނާދިފްއަށް ނުނިންމޭނެތީވެ!"

"ސޯ؟!"

"އެއީ، މިއީ ކޮމްޕެނީގެ މަސައްކަތްތަކެއް.. މިއިން ކޮންމެ ޑީލް އެއް ނުވަތަ ކޮންމެ ކޮންޓްރެކްޓްއަކީ ވަރަށް ވަރަށް މުހިއްމު މުޢަމަލާތުތަކެއް.. އަދި.." އަހަރެންގެ ވާހަކައިގެ ތެރެއަށް ޒެއިން ވަނެވެ.

"މިޒްރާގެ ޒިންމާގެ ދަށަށް ތި ފައިލްތައް ގެންނަން، މިޒްރާއަށް ބަޤްޝޫރާ މެޑަމްގާތު ބުނެވިދާނެ.. އެކަމަކު ނުބުނޭ! ބުނީން.؟"

ޒެއިންއަށް މިހުރިހައި ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ ޒެއިން އަހަންނަށް ފާރަލަނީ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟

"ތިހުރިހައި ކަމެއް ޒެއިން އަށް އެނގެނީ ކިހިނެއް؟"

"ތި ސުވާލަށް ޖަވާބުދޭނަން.. އޭގެކުރިން އަހަރެންގެ ސުވާލަށް ޖަވާބު ބޭނުން" މޭޒުމަތީގައި ދެއަތް ބާއްވާލަމުން ޒެއިން ބުންޏެވެ.

"އެއީ.. މިއީ ޝައްޔާން ކޮމްޕެނީގެ މަސައްކަތްތަކެއް ކަމަށްވާތީ" އަނެއްކާވެސް ފައިލްތަކަށް ސަމާލުކަންދޭން އަހަރެން ބޭނުންވި އެވެ.

އަހަރުމެންގެ މި މާހައުލުގައި ހަމަހިމޭންކަން ހިނދުކޮޅެކެވެ. މިކަމާއިބެހޭގޮތުން ޒެއިން އިތުރު ސުވާލެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި މަޝްވަރާއެއް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެންގެ ކެބިންއިން ދުރަށް، ނުވަތަ އަހަރެންނާއި ދުރަށް ޒެއިން ޖެހިލުމަށް އަހަރެން  ބޭނުންވި މިއީ ފުރަތަމަ ފަހަރެވެ.

"ޔޫ އަރ އިން ލަވް މިޒްރާ! ނާދިފްދެކެ އިންތިހާއަށް މިޒްރާ ލޯބިވޭ" މުޅިމޫނަށް ފެތުރޭވަރަށް ޒެއިން ހީލަމުން ބުންޏެވެ.

ވަޓް ދަ**! އައި ވޯޒް އިންލަވް!؟ ޒެއިން މޮޔަވެއްޖެއެވެ. އެކަން ޔަގީނެވެ. އަހަރެން، އެކަހަލަ ބޯގޮވާފައި ހުރި، ސިކުނޑިއެއްގެ ބޭނުމެއްކުރަން ނޭގޭ، ހަރުކަށި މީހަކުދެކެ ލޯބި ވާނެ އެއްގޮތެއްވެސް ނޯންނާނެއެވެ. ލައިކް ރިއަލީ..؟ ވަޓް-ޝޓ!

"ޔޫ ހޭވް ލޮސްޓް އިޓް ޒެއިން"

"މިބުނި އެއްޗަކާމެދު ވިސްނާ! އަހަރެންނަކީ ކޮންމެ ކޮންމެ އެއްޗެއް ބުނާމީހެއް ނޫން.. އޮތިއްޔާ އޮތް ކަމަކާ ބެހޭ މީހެއްވެސް ނޫން!"

"ޒެއިން... ޔޫ..!"

އަހަރެންގެ އަނގައިން ލަފްޒެއް ނިކުތުމުގެ ކުރީން ޒެއިން ނިކުމެގެން ހިގައްޖެ އެވެ.

އަހަރެން އޭނާދެކެ ލޯބިވޭ ހެއްޔެވެ؟ އަމިއްލަ ނަފުސާއި ސުވަލުކުރީމެވެ. ނާދިފް އެންޑް މީ..!؟ އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން.. އެކަމަކު ޒެއިންއަށް އެހެން އެ ހީވަނީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި އަހަންނަށް ލޯބި ވެވިއްޖެ ހެއްޔެވެ؟ އެކަމަކު ނާދިފްގެ މޫނު ދެކެންވެސް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެންގެ  ދިރިއުޅުން އެފުށްމިފުށަށް ޖަހައިލި މީހަކީ ނާދިފްއެވެ. ނާދިފްއަކީ ހަގީގީ 'މޮންސްޓަރ' އެއް..! އަހަރެން ހިތައް އަރާ، ދުވަހަކުވެސް އަހަރެން ނާދިފްއާއި ބައްދަލު ނުވިނަމައޭ.. ޔާﷲ މިއަޅާއަށް މިކަމުގައި ހެޔޮގޮތް ދައްކަވާންދޭވެ! ނޫން.. ނޫން.. ނޫން.. އަހަރެން ނާދިފް ދެކެ ލޯތްބެއް ނުވެއެވެ. ނޫނީ.. ނޫނީ.. އަހަރެން ހަގީގަތުގައިވެސް ނާދިފްދެކެ ލޯބިވޭ ބާވައެވެ!

އެތައް ޚިޔާލްތަކެއް ސިކުނޑީގައި އެނބުރެން ފެށިއެވެ. ހުރިހައި ޝުކުރެއް ޒެއިންއަށެވެ. އަހަރެން ހަމަޖެހިލައިގެން މަސައްކަތެއް ކުރާނެ ފުރުސަތެއް ދޭނެ އިންސާނަކު ނޫޅެނީބާއެވެ.

ފުންނޭވާއެއްލާފައި އުނދަގުލުން ނަމަވެސް މަސައްކަތައިގެން ކުރިއަށް ދިއުމަށް  ނިންމީމެވެ.

...................

ގަދަ ވިދުވަރާއެކު ބާރުގަދަ ގުގުރީގެ އަޑުން އިރުއިރުކޮޅާއި ޖައްވު ގުގުމާލައެވެ. ހޫނުގަދަ ހިރަފުސް ދުވަސްވަރަކަށްފަހު، ކާއިނާތު ސާފުކޮށްލުމަށް ވިއްސާރަވީއެވެ.  އަތުގައި އޮތް ގަޑިއަށް ބަލައިލީމެވެ. ހަތްގަޑިބައިވެ ބޮޑުވެއްޖެއެވެ. އަހަރެންގެ ހުރިހައި މުހިއްމު ސާމާނެއް ދަބަހައްލައި، ޕެކް ކޮށްލީމެވެ. އަދި ފަންސުރު ޖަހާދަތި ހުސްކޮށްލާފައި އެވެސް ފޮހެ ސާފުކޮށްލީމެވެ. އަހަރެން ގެންގުޅޭ އެއްޗެހި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެމެވެ. ހުރިހައި އެއްޗެއް ފޮޅައި ސާފުކޮށް، އޮފްއަރުވާލާފައި ބެހެއްޓުމަށް އަހަރެން ލޯބިކުރަމެވެ.

ނާދިފްގެ ގެއަށް ދާން ތައްޔާރުވެގެން ބޭރަށް ނިކުތީމެވެ. އޮފީހުގައި ބައެއް މުވައްޒަފުން އަދިވެސް އެބައުޅެއެވެ. ލިފްޓަށް އަރައިގެން ތިރިއަށް ދިޔައިރު އަހަރެންގެ އިންތިޒާރުގައި، ކާރެއްގައި ލެނގިލައިގެން ނާދިފް ޕާކިންތެރޭގައި ހުއްޓެވެ. އަހަރެން ގެއަށް އުފުލުމުގެ ޚިދުމަތުގައި ނާދިފް އިންތިޒާރުގައި ހުރީ ބާއެވެ؟  ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟

"މިހާއިރު ވަންދެން، ކޮންހާ މަސައްކަތެއް މިޒްރާ ކުރަނީ؟ ވިދާ ގުގުރާ ކަމެއްވެސް ނޭގޭތަ؟" ނާދިފް ސުވާލު ކުރިއެވެ.

"ނާދިފް ފަދައިން މުޅިދުވަސް ލޯބިވެރިޔާ ފަހަތުލައިގެން އެނބުރޭ މީހެއްނޫން އަހަރެން މިއީ" އޭނާއާއި ދިމާއަށް އަހަރެން ބުނީމެވެ.

"ޖަސްޓް ޝަޓް އަޕް އޯކޭ.."

"އެކްސްކިއުޒް މީ.. ތި ބޮޑާކަން އެހެން ކޮންމެވެސް މީހަކަށް ދައްކާ.."

"ކިހިނެއްވީ؟ ބޮޑާކަން ދެއްކުމުގެ ކޮޕީރައިޓްސް ހަމައެކަނި އޮންނަނީ މިޒްރާއަށްތަ؟" އެއްމިޔަކަނުން ހިނިއައިސްފައި ނާދިފް އެހިއެވެ.

"ޔެސް"

"މިޒްރާ އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރަން މަސައްކަތް ނުކުރާތި"

ހަމައެވަގުތު އަހަރެން އަތުގައި ހިފާފައި ޕާކިންގެ އެތެރޭ ކަނަކާއި ދިމާއަށް ގެންދިޔައެވެ.

"ކީއްކުރެވޭނީ ނާދިފްއަށް؟"

"މިޒްރާ.. ހަމަ މިހާރު..، ހަމަ މިހާރު ކިޔަމަންތެރި ކަމާއެކު ކާރަށް އަރާފައި އިށީންނަން ދޭ.."

އަނެއްކާވެސް ހަރުކަށިކަމެވެ. މިނޫންކަމެއް މީނާއަށް ނޯންނަނީ ހެއްޔެވެ؟

"އަހަރެން ބޭނުމެއް ނޫން ނާދިފްއާއެކު ދާކަށް.."

"ވަޓް؟ ހަމަ މިހާރު ކާރުގައި އިށީންދޭ! އިތުރު ޑްރާމާއެއް ބަލާކަށް އަހަރެން ބޭނުމެއް ނޫން" އުނަގަނޑުގައި އަތްވިއްދާލާފައި ނާދިފް ބުނެލިއެވެ.

"އެއްވެސް ޑްރާމާއެއް ނޫން މީކީ.. އަހަރެން މިބުނީ ނާދިފްއާއެކު ދާކަށް އަހަރެން ބޭނުމެއް ނޫނޭ.. ތި ކާރަށް އަރާކަށްވެސް އަހަރެން ބޭނުމެއް ނޫނޭ"

"މައްސަލަޔަކީ ކޮބާތަ؟"

"މައްސަލަޔަކީ ކޮބައިކަން ނާދިފްއަކަށް ނޭގޭތަ؟" މަލާމާތުގެ ރާގުގައި އަހަރެން ހީލީމެވެ.

އޭނާ މަގުމައްޗަށް ބަލައިލިއެވެ. އޭރުވެސް ގަދަ ވިދުމާއެކު ބާރުގަދަ ގުގުރީގެ އަޑުން ގުގުމަމުން ދިޔައެވެ.

"އެހެންވީމަ، މިޒްރާ ތިގޮތަށް ތިޔަ ނިންމީތަ؟"

"ޔެސް" މޭކަށިގަނޑުގައި ހަށަންބަންނަމުން އަހަރެން ބުނެލީމެވެ.

"ފައިން!" އެއްމިޔަކަނުން ނާދިފް ހިނިއައެވެ.

އެގޮތަށް ނާދިފް ހިނިއައިސްފައި ހުންނައިރު، އެ މޫނުގައި ފޮތިގަނޑެއް އަޅާފައި ފޮރުވަންވެސް ބައެއްފަހަރު ހިތައް އަރައެވެ. ޔަގީންވާކަމަކީ އެ ހިނިއައުމަކީ އަހަންނަށް ނުރައްކަލެއް ކަމެވެ.

ހަމަ އެ ސިކުންތުގައި ނާދިފް އަހަރެން ގައިގައި އޮޅުލައިގަނެގެން  ކާރާއި ދިމާއަށް ގެންދަން ފެށިއެވެ. ކިތަންމެ ވަރަކަށްވެސް ގަދަދެއްކީމެވެ.

"ނާދިފް ދޫކޮށްލާ އަހަރެން" ހަމަ އެވަގުތު އަހަރެންގެ ހަށިގަނޑުން ނާދިފްގެ އަތް ދޫވާން ފެށިއެވެ.

ހުރިފިޔަވަޅުމަތީގައި ނާދިފް ތާށިވި ފަދައެވެ. އޭރު އޭނާ ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. އެއްފަރާތަކަށް ބޯ އަރިކޮށްލާފައި އަހަރެން ބަލައިލީމެވެ. ނާދިފްއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކާ އެވަގުތު ހުރީ ފެންނާށެވެ.

އަހަރުމެން ކުރިމަތީން ފެންނާންހުރި މަންޒަރަށް އަހަރެންގެ ލޯ ހުއްޓުނެވެ. ރުޅިގަދަވެ ރަތްވެފައިވާ ދެ ލޯ ފެނުނެވެ.

"ވަޓް އަ ޕްލީޒެންޓް ސަރޕްރައިސް!" އެއަޑާއެކު ނާދިފް އިސްޖަހައިލިއެވެ.

"އައި.. އައި.. ކޭން އެކްސްޕްލެއިން.. ޕްރީޝާއަށް ތިޔަ ހީކުރެވެނީ ރަގަޅަކަށް ނޫން"

"ކޮން ކަމެއްތިއީ ނާދިފް.. ބުނެދީބަލަ" ރުޅިމައިތިރި ކުރާކަން ދައްކާލަމުން ޕްރީޝާ ހަށަންބަނދެލިއެވެ.

"އައި.. އުމް.. އައި.. ޝީ.. އަހަރުމެން.. މިދަނީ ގެއަށްދާން.. ކާރަށް ... އަރަން"

"އެހެންތަ؟ އެކަމަކު ނާދިފްގެ ކާރު އޮތީ މާދުރުގަ.." ހަރުކަށިކަމާއެކު ޕްރީޝާ ބުނެލިއެވެ.

"އުމްމމ.. ޕްރީޝާ" އެދެމުދުގައި މައްސަލަ ހައްލުކުރުމަށް އަހަރެން ނިންމީމެވެ.

"އާވވވވ.. މިހާރަކަށް އައިސް އެކަކު އަނެކަކުގެ ހިމާޔަތުގައިވެސް ދެމީހުން ތެދުވަންފެށީ..؟"

އޯކޭ- އެމީހެއްގެ ލޯބިވެރިޔާގެ އަތުތެރޭގައި އެހެން ކުއްޖަކު ވަނިކޮށް ފެނުމަކީ ކޮންކަހަލަ އިހްސާސެއް ކުރެވޭނެކަމެއްކަން އަހަންނަށް ވިސްނެއެވެ. އެކަމަކު މިތަނުގައި މިހިންގަނީކީ އޭނާ ހިތައް އަރާ ޒާތުގެ ކަމެއް ނޫނެވެ. ނާދިފް ބުނާ ކޮންމެ އެއްޗެއްގެ އިދިކޮޅަށް ޕްރީޝާ ވިސްނާކަން އަހަންނަށް އެގެއެވެ. މީހަކު ރުޅިއައިސް ރަތްވެ، ބޮޑުކަންތައް ގަނޑަކަށް ހަދާވަރުކަމެއްވެސް މިތާކު ނުހިނގައެވެ.

"އަހަރެން މިބުނާ އެއްޗެއް ޕްރީޝާ އަޑުއަހާފާނަން..؟" ނާދިފް ބުންޏެވެ.

ހަމައެވަގުތު ދެލޯ ކަރުނުން ފުރާލާފައި ގިސްލަމުން ކަރުނަ އޮހޮރަމުން ޕްރީޝާ ބިންމައްޗަށް ވެއްޓިގަތެވެ. ކިނބުލެއްގެ ކަރުނަވެސް މީނާގެ ކުރިމަތީގައި އެއްޗަކަށް ނުވެއެވެ. އޭނާއަށްޓަކައި އަހަރެންގެ ހިތުގައި ރަހުމެއްވެސް ހަމްދަރުދީ އެއްވެސް ނެތެވެ. އެނާގެ ހަގީގަތް ރަގަޅަށް އެނގޭތީއެވެ. އެކަމަކު މިވަގުތުގައި ނާދިފްގެ އިހުސާސްތައް ހުންނާނެ ގޮތާއިމެދު އަހަރެން ކަންތައް ބޮޑުވިއެވެ. ހަގީގަތުގައި ޕްރީޝާދެކެ ނާދިފް ލޯބިވެއެވެ. ތަކުރާރުކޮށް ނާދިފް މައާފަށް އެދެމުން ދިޔައެވެ. ޕްރީޝާ ހަމަޔަކަށް އަޅުވަން އަހަރެންގެ ކުރިމަތީގައި ކޮށްގެން ނުވާނެ،  ކަންކަވެސް ނާދިފް ކުރިއެވެ. އަހަރެންގެ މޫނު އަނެއް ފަރާތަށް އަނބުރައިލީމެވެ. ލޯ މަރާލަންވެސް ޖެހޭނީ ލަދުގަންނަ މީހާތާއެވެ!

"ތިއީ ބޭކާރު މީހެއް.. އަހަރެން ދޫކޮށްލާ" ނާދިފްގެ މަސައްކަތް ބޭކާރު ކޮށްލާފައި އޭނާ ނާދިފްގ މޭގައި އަތްއަޅައި ކޮށްޕާލިއެވެ. އަދި އެތަނުން ދުވެފައި ހިނގައްޖެއެވެ.

ނާދިފްގެ "'ގަރލްފްރެންޑް" އެނބުރި ދިޔުމުން އޭނާއާއި ދިމާއަށް އަހަރެން އެނބުރުނީމެވެ.

"ނާދިފް.." ނާދިފްއާއި ވާހަކަދެއްކޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު މިވަގުތު ނާދިފްގެ ލޮލުގައި އެވާ ބިރުވެރިކަމުން އަހަރެންގެ ގައިން ހީބިހި ނަގުވާލިއެވެ. ދެ ލޯ ރަތްވެ، މޫނުގައި ރުޅިގަނޑުގެ އިންތިހާ ކުލަވަރު ވިއެވެ.

"ކާރަށް- އަރާފައި- އިށީންދޭ" ހަރުކަށިކަމާއި އަމުރުވެރި ރާގުގައި ބުނެލިއެވެ.

...............

އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި އެހީވުމަކީ މިވަރުގެ ބޮޑު ޒަލްޒަލާއެއް އަހަރެންގެ ހަޔާތަށް ކުރިމަތިވެދާނެ ކަމެއްކަން އިނގޭނަމަ އެއިން ކަމަކާމެދު އަހަރެން އަޅައިވެސް ނުލީމުހެވެ. އެސަރަހައްދުގައި މިދުވަސްކޮޅު މިޒްރާ ހިނގާފައި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ، އޭނާ ގެއަށް ގެނެސްދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު އޭނާގެ އާދައިގެމަތީން މިއަދުވެސް އަހަރެންނާއި ޖަދަލު ކުރީއެވެ. ޕާކިންތެރެއަށް ދަމާފައި އޭނާ ގެންދިޔައީ އޭނާއާއިއެކު އަހަރެން ގުޅުމެއް ހިނގާކަށް ނުވަތަ ޖިސްމާނީ އަނިޔާތަކެއް ކުރާކަށް ނޫނެވެ. އެކަމަކު 'އެހީވާން އުޅުނު ކަމަށްޓަކައިވެސް' ހުރިހައި ދެރައެއް މިލިބުނީ އަހަރެންނާއި އަހަރެންގެ ޕްރީޝާއަށެވެ.

"ނާދިފް.." އަހަރެންނާއި ވާހަކަދައްކަން އޭނާ މަސައްކަތްކުރިއެވެ.

ގަދަވިއްސާރައިގައި ބާރު ސްޕީޑްގައި އަހަރެން ކާރު ދުއްވަމުން ދިޔައީމެވެ. މަގުމަތީގެ ރައްކާތެރިކަމަކަށް ނުވަތަ އެހެން މީހެއްގެ ރައްކާތެރި ކަމަކަށްވެސް މިވަގުތު ވިސްނާކަށް ނެތީމެވެ. އަހަރެންގެ ސިކުނޑިއާއި ދިރިއުޅުމުން މިޒްރާ ނެރި ބޭރުކުރުމުގެ ޚިޔާލު ނޫނީ އަހަރެންގެ ލޭ ނާރުތަކުގައި މިވަގުތު ނެތެވެ.

މިޒްރާއަށް ސަމާލުކަމެއް ދޭކަށްވެސް އޭނާ ދައްކާ ވާހަކައެއް އަޑުއަހާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެވަރުގެ އިހްތިރާމެއް އޭނާއަށް ހައްގެއްވެސް ނޫނެވެ.

.........................

މިއަދު ހިނގާދިޔަ ކަންކަމާއިމެދުގައި އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނުނިމި ހުރި މަސައްކަތްތަކަށް އަހަރެންގެ ވަގުތުތައް ހުސްކުރުން މާ ހައްގުކަން ބޮޑެވެ. ފައިލްތައް ހިފައިގެން އިށީންދެ ގިނައިރެއްނުވަނީސް ބާރު އަޑުތަކެއް އިވެން ފެށިއެވެ.

"އަނެއްކާ ކޮންފަދަ ކަމެއްބާ"

އަހަރެން ބޭރަށް ނިކުމެ ބަލައިލީމެވެ. މުޅިގޭތެރޭގައި އަނދިރިކަމެވެ. އެންމެ ލައިޓެއްވެސް މިރޭ ދިއްލާފައި ނެތެވެ.

"ހުރިހައި ލައިޓެއް ނިވާލާފައި މިހުރީ ކީއްވެބާ؟"

މުޅިގެއިންވެސް އަލިކަމެއް ފެންނަނީ ހަމައެކަނި ނާދިފްގެ ކޮޓަރީންނެވެ. ވެގެންއުޅޭގޮތެއް ބަލާލުން މުހިއްމުކަމަށްވާތީ އެދިމާއަށް ދިޔައީމެވެ.

އަމިއްލައަށް ވާހަކަދައްކަމުން، ދުލައް އައިހައި ނުބައިއެއްޗެއްވެސް ކިޔަމުން ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަނީއެވެ. މުޅިކޮޓަރި އޮތީ އެފުށްމިފުށަށް ޖަހައިފައެވެ. އެނދުގައި އޮތް ޑުއެޓް އަދި ބެޑްޝީޓްވެސް އޮތީ ޓައިލްސް މަތީގައެވެ. ހަރުތަކުގައި ހުރި ފޮތްތަކާއި، އެނދުގެ ދެފަރާތުގައި ބަހައްޓާފައި ހުރި ލައިޓްތަކާއި ފެން އަޅަން ބަހައްޓާފައި ހުންނަ ބިއްލޫރި ޖަގް އަދި އޭގެ ތަށިތައްވެސް ކޮޓަރިތެރެއަށް ފުނޑުފުނޑުވެފައެވެ. ކޮޓަރީގެ ހާލަތު ފެނިފައި އަހަރެންގެ ހަރަކާތް ހުއްޓުނެވެ. ދެން ފެނުނީ އަހަންނާއި ދިމާއަށް ނާދިފް ނިކަން ބާރަށް އަންނަތަނެވެ.

އަހަރެންގެ އަތުގައި ހިފާފައި ދަމައިގެން އިރެއްވެސް ނޭގުނެވެ. އޭނާގެ ދެލޯރަތްވެ، ރުޅިއައިސް ރަތްވެފައިވާ މޫނުފެނުމުން އަހަރެން ބިރުގަތެވެ. އެކަމަކު ފަހަތައް ޖެހޭކަށް ބޭނުމެއް ނުވިއެވެ.

"ނާދިފް.. ދޫކޮށްލާ އަހަރެންގެ އަތުން"

އެކަމަކު އެއަޑެއް އޭނާއަކަށް ނީވުނެވެ. އަތުގައި ހިފާފައި ދަމައިގަތްލެއް ބާރުކަމުން އަހަރެން ތަތްވީ އޭނަގެ މޭމަތީގައެވެ. ހަމަ އެވަގުތު އަހަރެންގެ އަނެއް އަތް ފުރަގަހަށް އަނބުރާލިއެވެ.

"ދޫކޮށްލާކަށް ނުޖެހޭނުން.. ތިއީ އަހަރެންގެ އަނބިމީހާ.. މިވަރު ހައްގެއް އަހަރެންނަށް ލިބިގެންނުވޭތަ؟"

އޭނާ ބުނިއެއްޗެއް އަޑުއަހަން ފަސޭހައެއް ނުވިއެވެ. އަންބެއްކަން އެނގެން ތަންކޮޅެއް ލަހެއްނުވޭ ހެއްޔެވެ؟ ދެދުވަސްތެރޭގައި އަހަރުމެން ދެމީހުންގެ ރާސްތާ މުޅިން ބަދަލުވާނެއެވެ.  އޭނާ މިނިވަންވާން ދެން އޮތީ އެންމެ ދެ ދުވަހެވެ.

"ދޫކޮށްލާށޭ މިބުނީ.."

"ކިހިނެއްވީ؟ މިއެއް ނޫންތަ މިޒްރާ ބޭނުންވާ ގޮތަކީ..!" އެއްމިޔަކަނުން ހިނިއައިސްފައި ބުނެލިއެވެ.

ކުރިއަށްވުރެންވެސް އަހަރެންގެ މޫނާއި އޭނާ ގާތްވެލިއެވެ. މުޅިހަށިގަނޑު ތުރުތުރު އަޅައިގެންދިޔައީ ހަގީގަތް ރެއަކާލުމުންނެވެ. ނާދިފްހުރީ ހަމަޔަކު ނޫނެވެ. އޭނާ 'އެކަން' ކުރާކަމެއް އަހަރެން ނުދެނަހުރީމެވެ. ނާދިފް މިފަދަ އަމަލްތައް ކުރަންފެށީ ކޮންއިރަކު ހެއްޔެވެ؟

"ނާދިފް.. ތިޔަ ހުރީ ހަމަޔަކު.. ނޫނ"

އަހަރެންގެ ޖުމުލަ ފުރިހަމަކުރާން ދޫ ހަރަކާތެއްވެސް ނުކުރިއެވެ. އެކަން އޭނާއަށް އިނގުނީކަމެއް ނުވަތަ ނޫންކަމެއް ނޭގެއެވެ. އަހަރެންގެ ކަނދުރާގައި އޭނާގެ މޫނު ހާކާލަމުން އިތުރަށް ގަތްވާން  މަސައްކަތްކުރިއެވެ. 

"ޔެސް.. ރަގަޅަށް ތި ހީވީ!

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް