ads
ފޮޓޯ: އިންޓަނެޓް
ސީއެންއެމް ބަދިގެ: ބިސްކަޓް ޕުޑިން
ރަމަޟާން މަހުގެ ފަހު ހަފްތާ ނިމެން ދާއިރު ސީއެންއެމް ބަދިގެއިންވެސް މިވަނީ ކޮންމެ ދުވަހަކުވެސް ހާއްސަ އަދި ތަފާތު ރެސިޕީއެއް ގެނެސްދީފަ އެވެ. މިހާތަނަށް ގިނަ ތަފާތު ރެސިޕީއެއް ގެނެސްދެވުނުއިރު، "ސީއެންއެމް ބަދިގެ" މިއަދުގެ ރެސިޕީ އަކީ ބިސްކަޓް ޕުޑިން އެވެ. ތާފާތު ވައްތަރުތަކުގެ ޕުޑިން ކާހިތްވާ ފަރާތްތަކަށް ގައިމުވެސް ވަރަށް ކަމުދާނެ ކަމަށް ބެލެވެ އެވެ.

ބޭނުންވާ ތަކެތި:

200ގ ޑާކް ޗޮކްލެޓް (ޗޮޕް ކޮށްފައި)

1 ނެސްލޭ ކްރީމް ދަޅު

1/2 ޖޯޑު ގެރި ކިރު

މާރީ ބިސްކޯދު

1 1/2 ޖޯޑު ނަޓެއްލާ

1 ޖޯޑު ފުލް ކްރީމް މިލްކް (ތާފަނާ)

ގާނިޝް ކޮށްލުމަށް ޗޮކޮލެޓް ކޮޅެއް ނޫނީ ކަނަމަދު/ކެޝޫ ނަޓް

ތައްޔާރުކުރާނެ ގޮތް:

ޗޮކްލެޓް ކޮށާފައި، ކުޑަ ތަށިގަނޑެއްގައި 1⁄2 ޖޯޑު ކިރު އަދި 1⁄4 ޖޯޑު ކޮރން ފުށް އެއްކޮށްލުމަށްފަހު، ބޮޑު ތަށިގަނޑަކަށް 2 1⁄2 ތަށި ކިރު، ކޮންޑެންސްޑް ކިރު، ކޮކޯ ޕައުޑަރ، ބަޓަރ އަދި ހަކުރު އަޅާށެވެ. އަދި ހަކުރު ގޭބިސީއަށް ބޭނުންވާ ގޮތަށް އެޖެސްޓް ކޮށްލާށެވެ. ހަކުރު ގިރި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާންދެން ހޫނުކުރަމުން މެދު ހޫނުމިނެއްގައި ހޫނުކޮށްލާށެވެ. 

ޗޮކްލެޓް ޗަންކްސް އާއި އެކު ކޮރން ފްލާވަރ އާއި ކިރު މިކްސްޗަރ ތަށީގެ ތެރެއަށް އަޅާށެވެ. މި މިކްސްޗަރ ހޫނުކުރަމުން ދަނިކޮށް ގަދަވެ ސިލްކި ކުލައެއް ފެންނަންދެން ކައްކާށެވެ. ކޮންޓެއިނަރަކަށް 1 ތަށި ކިރު އަޅާށެވެ. ބޭނުންކުރާނަމަ އިންސްޓޭންޓް ކޮފީ އަޅާފައި ރަނގަޅަށް މިކްސްކޮށްލާށެވެ.

އެއަށް ފަހު ޓްރޭއެއްގެ ފޫ ފޮރުވޭ ވަރަށް މި ކްރީމް އެޅުމަށް ފަހު ބިސްކޯދުތައް އޭގެ މަތީގައި އަތުރާލާށެވެ. މިގޮތަށް ބިސްކޯދުތައް އަތުރާއިރު ކިރަށްލައި ފޯކުރާކަށް ނުޖެހޭނެއެވެ. ބިސްކޯދުތައް އެއްބައި އަނެއްބަޔަށް ކިރުގެ ތެރެއަށް ފޮރުވާލުމަށްފަހު ކޮންޓެއިނަރުގެ ތެރޭގައި ތަރުތީބުކޮށްގެން ދެވަނަ ފަށަލަ ހެދޭނެއެވެ.

އަދި ޗޮކްލެޓް ކްރީމްގެ މަތި ފޮރުވޭ ވަރަށް ކެޝޫ ނަޓްސްކޮޅު ކޮށައިފައި ބުރުވާލާށެވެ. އެއަށް ފަހު ހިހޫވުމުން 30 މިނެޓު ވަންދެން އައިސްއަލަމާރިއަށް ލައި ފިނިކުރާށެވެ. އޭރުން ޕުޑިން ތައްޔާރުވީއެވެ. ސާރވް ކުރުމުގެ ކުރިން މައްޗަށް ކޮކޯ ޕައުޑަރެއް އުނގުޅާލެވިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް