ads
ށ. މިލަންދޫ
ޕޮލިސް ސްޓޭޝަނުން ފިލި މީހަކަށް ޖަލު ހުކުމެއް
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިލި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ ށ. މިލަންދޫ ފިރިހެނެއްގެ މައްޗަށެވެ.

ކޯޓު އަމުރަކާއެކު ހައްޔަރުކޮށްފައި ހުއްޓާ އެ މީހާ ފިލި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްފެއްގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް، މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރީ މިދިޔަ ހަފްތާގަ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާގެ މައްޗަށް މަސްތުވާތަކެތީގެ އިތުރު ތިން މައްސަލައެއްގެ ދައުވާ މިހާރުވެސް ކުރިއަށް އެބަދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް