ads
ވޮލީ އެކްސްކޯ މެންބަރުން
އާ އެކްސްކޯއާއެކު ވަރުގަދަ ވޮލީ ލީގަކާ ދިމާލަށް
އާ އެކްސްކޯއާއެކު، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅޭ ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތް ވޮލީ އެސޯސިއޭޝަނުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏަކާ އެކުއެވެ. ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އިންޑިއާގެ ބޭސްލައިން ވެންޗާސްއާ އެކު އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ބޭސްލައިން ވެންޗުއާސް އަކީ، އިންޑިއާގެ އެންމެ ބޮޑު ވޮލީ ލީގު، ޕްރައިމް ލީގު ކޮންސެޕްޓް ތައްޔާރު ކުރި ކުންފުންޏެވެ. އަދި އިންޑިއާގެ ސްޓޭޓް ލީގުތަކުގެ ތެރެއިން ޓެމިލް ނާޑޫ ވޮލީ ލީގު ވެސް ފަރުމާ ކުރީ އެ ކުންފުންޏެވެ.

ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އޮތުމަށް ފަަހު ވޮލީ އެސޯސިއޭޝަން އިންތިހާބު ކުރީ މިދިޔަ މަހު ފަހުކޮޅުއެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) އެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމުން، އެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. 

ސީނިއާ ނައިބު ރައީސަކަށް މުޙައްމަދު ސާޖިދު (ބޮޑު ކާއްޓެ) ވަނީ އިންތިޚާބު ކޮށްފަ އެވެ. ނައިބު ރައީސް ވޮލީބޯޅައިގެ މަޤާމަށް އިންތިޚާބު ކުރީ އަލީ ލަތީފް އެވެ. އަދި ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްގެ މަޤާމަށް އާއިދާ އަބްދުލް ހަކީމް އިންތިޚާބު ކުރި އެވެ. ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)ގެ އިތުރުން، ސޮފްވާން އަޙުމަދު، ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ އަންހެން މެމްބަރުގެ މަގާމަށް އައިޝަތު ފަތީނަތު ވަނީ އިންތިޚާބު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް