ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
މަރުގެ ތުހުމަތު ކުރެވޭ މީހަކު ބަންދެއް ނުކުރި
މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދުނު އެދުމާ އެއްގޮތަށް ބަންދުކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

މިއީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ އިސްތިއުނާފު މައްސަލައެވެ. 

މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ މޫސާ އަހުމަދު މަނިކަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށާއި އަދި އެ ހެކިވެރިޔާ ވެސް ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، ކުރިން ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެފައިވާ ކަމަށް ބަލައި، ކުށް ސާބިތު ނުވާ ކަމަށެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ކުރި ހުކުމުގައި ބުނެވފައިވަނީ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލިޔަސް އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ފަހު 10 އަކަށް ބަންދުވުމުގެ ކުރިން އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދުކޮށްދިނުމަށް އެދުނެވެ. 

އެހެންނަމަވެސް ހައިކޯޓުން ނިންމީ، އޭނާ ބަންދު ނުކުރާށެވެ. ބުރާސްފަތި ދުވަހު ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އޭނާގެ ފަރާތުން މުޖްތަމައުއަށް އިތުރު ނުރައްކަލެއް އޮތް ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި އަދި އޭނާގެ ކުށުގެ އިތުރު ރެކޯޑެއް ނެތުމުގެ އިތުރުން އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ކަމަށް މީހެއްގެ ކަމަށް ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. 

ކުރިން އޭނާ ބަންދުން ދޫވެފައި ހުރި ދުވަސްތަކުގައި ވެސް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައި ނެތުމުން އޭނާ ބަންދު ކުރަން އަމުރު ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް