ads
ހަނޑުލު ފުށު ރިހާކުރު ފޮޅި - ފޮޓޯ: ޖުވޭ ފޭސްބުކް
ސީއެންއެމް ބަދިގެ: ހަނޑުލު ފުށު ރިހާކުރު ފޮޅި
ރަމަޟާން މަހަކީ ތަފާތު އެކި ވައްތަރުގެ އާ ކެއުންތައް ތަޖުރިބާކޮށްލަން ގިނަ ބަޔަކު ބޭނުންވާ މަހެކެވެ. އެކި ވައްތަރުގެ އާ ރެސިޕީތައް ސޯޝަލް މީޑިއާގެ ނިއުސް ފީޑުން ފުރާލާއިރު އެ ކެއުންތައް ތަޖުރިބާކޮށްލާ ހިތްވުމަކީ މައްސަލައެއް ނޫނެވެ. ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި މިއަދު މި ގެނެސްދެނީ "ހަނޑުލު ފުށު ރިހާކުރު ފޮޅި" ތައްޔާރުކުރާނެ ގޮތެވެ.

ތައްޔާރުކުރުމަށް ފަސޭހަ، ހަނޑުލު ފުށު ރިހާކުރު ފޮޅި އަކީ ދިވެހިންގެ މެދުގައި މަގުބޫލު ހެދިކާއެކެވެ. ރޯދަމަހުވެސް ބައެއް ގޭގެގައި މިއީ އާންމުކޮށް ތައްޔާރުކުރާ އެއްޗެކެވެ.


ބޭނުންވާ ތަކެތި:

3 ޖޯޑު ފުނޑާފައި ހުރި ހަނޑޫ
1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި) 
1/2 ޖޯޑު ރިހާކުރު
5 ހިކަނދިފަތް (ތުނިކޮށް ކޮށާފައި)  
2 ލޮނުމެދު
1 މޭޒުމަތީ ސަމުސާ ދިރި
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
1 ގިތެޔޯ މިރުސް (ތުނިކޮށް ކޮށާފައި)
1 ޖޯޑު ބައި ކާށިހުނި
4 ހިކިމިރުސް
2/1 އިންޗީގެ އިނގުރުކޮޅެއް
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
3 ބިސް ގިރާފައި
1 ޖޯޑުބައި ޖޯޑު ކާށި ކިރު
4 ބިލަމަގު
ލޮނުކޮޅެއް 
1 ލުނބޯ
3/1 ސައިސަމުސާމުގުރި ރީނދޫ

ތައްޔާރު ކުރާނެ ގޮތް:
ފިޔާ، މިރުސް, އިނގުރު، ހިކަނދިފަތް، ލޮނުމެދު، ލޮނާއި ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ. އެއަށް ފަހު ދިރި، ހުނި، ރިހާކުރު، ކުޑަ ރީނދޫކޮޅެއް ލައިގެން އެއްކުރާށެވެ. ދެން ހަނޑުލު ފުށާއި ގޮދަން ފުށް އަޅައިގެން ރަގަޅަށް މޮޑެލާށެވެ. އެއަށް ފަހު ކުކުޅު ބިހާއި މުރަނގަފަތް އަޅައިގެން ރަގަޅަށް އެއްކޮށްމޮޑެފައި ލޮނު ހެޔޮވަރު ކޮށްލާށެވެ . ފުށްގަނޑު ބަހައްޓާނީ ފޮޅި ފިހެވޭ ވަރަށް މެދު މިނުގައެވެ. 

ފިހަން ވުމުން ތަވާގައި ކުޑަ ތެޔޮފޮދެއް ހާކާލުމަށްފަހު ފަހަރަކު ފޮޅިއެއް ފިހެލާށެވެ. ރޯފިލާހެން މައްޗަށް ބޮކިތައް އަރާލުމުން ދެން ފޮޅި ފަތްޖަހާލާށެވެ. މި ރެސިޕީ ބަލައިގެން ހަނޑުލު ފުށު ރިހާކުރު ފޮޅި ތައްޔާރުކޮށް މީގެ އަޖުމަ ބަލައިލާނެ ކަމަށް އުންމީދު ކުރަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް