ads
ނޯތު ހާބަރު ސަރަހައްދު
މޫދަށް ފުންމާލައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި
މޫދަށް ފުންމާލައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭ، ނޯތު ހާބަރާ ދިމާލުން މޫދަށް ފުންމާލައިގެން ފަތާފައި ދަނިކޮށް ފުލުހުން ގެނައުމުން އަނެއްކާވެސް ފިލަން މަސައްކަތްކޮށް އަދި ފުލުހެއްގެ ގައިގާ ޖެހި ކަމަށް ތުހުމަތު ކުރެވޭ މީހަކީ، ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ ނޯތު ހާބަރާ ދިމާލުން މޫދަށް ފުންމާލައިގެން އެތާ އޮތް ކްރޫޒް ލައިނަކާ ދިމާލަށް ފަތާފައެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.

މި މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް