ads
ރައީސް މުއިއްޒު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ - ރައީސް އޮފީސް
ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭގޮތް ހަމަޖައްސައިފި
ބޭރު ރުފިޔާ ޓްރާންސްފާ ކުރުމުގެ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން, ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކް ކޮށް މުއާމަލާތް ކުރެވޭގޮތް މިއަދު ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލުމާތުދެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވިގޮތުގައި މިއީ ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ކުދި ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

"އަދި ހަމައެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ." ކާލް ވިދާޅުވި އެވެ.

އޮންލައިންކޮށް އެކި އެއްޗެހި ވިއްކައިގެންނާއި އެކި މަސައްކަތް ކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ރާއްޖޭގެ ބެންކިން ނިޒާމު އޮތްގޮތުން އެ ފުރުސަތު ދިވެހީންނަށް އޮތީ މިހާތަނަށް ވަރަށް ދަތިކޮށެވެ.

your imageބީއެމްއެލް އިން ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތް ހަމަޖައްސައިފި -- ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި ކްރިއޭޓިވް ނުވަތަ ފަންނީ ސިނާއާތްތަކަށް ފަހިވާ އިކޮނޮމީއެއް ގާއިމްކުރުމަށްޓަކައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ކަން ކުރުމަށް ކެބިނެޓުން ވެސް ނިންމާފައިވާ އިރު، އަންނަ މޭ މަހުގެ ކުރިން އީވޮލެޓުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަަދު ވިދާޅުވީ، ކުދި ވިޔަފާރިތަކާއި ފްރީލާންސްކޮށް ރާއްޖޭން ބޭރުގައި މަސައްކަތްތަކާއި މުދާ ވިއްކާ ފަރާތްތަކަށް ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިވެގެން ދިޔުމަކީ، އެ ފަރާތްތަކުގެ ކާމިޔާބީ އާއި ކުރިއެރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް