ads
ސެކަންޑް ޗާންސް..!؟
(30 މާރިޗު 2024 އާ ގުޅޭ) އެމީހަކާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ކުއްލިޔަކަށް އަހަރެން ގައިމަތީން އެމީހަކު ތެދުވިއެވެ.

"މިންހާލް!!"

"ސޮރީ"

އަހަންނަށް ބަލައިލެވުނީ ފެންނަ ހިސާބުގައި ނާދިފް ހުރިތޯއެވެ. ނަސީބަކުން ފެންނާކަށް ނެތެވެ. އެހެންނޫނީ އަހަރެންގެ ފަރުވާކުޑަކަމަށް އޭނާގެ ލެކްޗަރު ފަށްޓާނެއެވެ.

ވަގުތުން މިންހާލްގެ އަތް ދިއްކޮށްލިއެވެ. އެ އަތުގައި އަހަރެން ހިފާފައި ކޮޅަށް ތެދުވީމެވެ. އަދި ފަހަތް ފޮޅައިލީމެވެ.

"ސޮރީ... މިޒް"

"ކީއްތިކުރަނީ؟"

"އޯ.. މިޒްއަކަށް ނޭގޭތަ؟"

"އެހެންވެ ދޯ ސުވާލު މިކުރަނީ"

އޭނާގެ މޫނަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ.

"މިއަންނަ އާދިއްތަ ދުވަހަކީ ޝައްޔާން ކުންފުނީގެ ފަންސާސްވަނަ އަހަރީދުވަސް.. ބަޤްޝީރާ މެޑަމް ބޭނުންވަނީ ވަރަށް ކުލަގަދަކޮށް މި މުނާސަބަތު ފާހަގަކުރަން"

ތެދެކެވެ. އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. އަހަރުމެންނަށް ފަންސާސް އަހަރު ފުރެނީއެވެ.

"މިއޮތީ މެޑަމްގެ ރަސްމީ ދަޢުވަތު ކާޑް" ކާޑު ދިއްކޮށްލަމުން ޖޯއި ބުންޏެވެ. 

"ކަޕްލް އެންޓްރީ.. އެހެންވީމަ ނާދިފް ސަރއާއި ދެ ބޭފުޅުން.." 

އަހަރެންގެ ބުމަ، މައްޗަށް ހިއްލާލެވުނެވެ. 

"އާވްވ.... މިޒް.. ތި ދެ މީހުން ވަކިވުމެއްނެތް.. ކޮންމެ ކަމެއްގައި، ކޮންމެ ހިނދެއްގައި ދެމީހުން އެކުގައި.." މިންހާލް ބުނެލިއެވެ.

"ޝައުގުވެރިކަމެއް ނެތް"

ކާޑަށް ބަލައިލަމުން އަހަރެން އެތަނުން ދުރަށް ދިޔައީމެވެ.

.....................

އަހަރެން ދުވެފައި ކެބިންއަށް ދިޔައީމެވެ. އެތަނުގައި އަހަންނަށްޓަކައި ޕްރީޝާ މަޑުކޮށްގެން އިންނާނެކަން އިނގޭތީއެވެ. އޭނާގެ ސޮރީ މެސެޖްގެ ސަބަބުން އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ.

އަވަހަށް ދޮރު ހުޅުވާލީމެވެ. އަހަރެންގެ ގޮނޑީގައި ޕްރީޝާ އިނެވެ. ކުޑަދޮރާއި ދިމާއަށް ބަލަހައްޓައިގެން، އަހަންނަށް ފުރަގަސްދީގެންނެވެ. 

"ޕްރީޝާ"

އޭނާ ޖަވާބެއް ނުދިނެވެ.

އޭނާގެ ގާތަށް އަހަރެން ދިޔައީމެވެ.

"ޕްރީޝާ"

މިފަހަރު އަހަންނާއި ދިމާއަށް އެނބުރެމުން، ގޮނޑިން ތެދުވިއެވެ.

އަހަރެންގެ ދެބުމަ ގޮއްޖެހުނެވެ. އޭނަގެ މޫނުމަތީވަނީ ހިތާމައެވެ. ލޮލުގައި އަޅާފައިވާ އަނދުން، ނޫނީ އައިލައިނަރ، އަހަންނަކަށް ކޯންޗެއް ކަމެއްވެސް ނޭގެއެވެ. އެވެސް ވަނީ ލޯ ކައިރިއަށް ފޭދިފައެވެ. މޫނުމަތީގައި ތާޒާކަމެއް ނެތެވެ. ކަރުނައިން ދެކޯތާފަތް ތެމިފައެވެ. 

"ޕްރީޝާ.. މިއީ.. ކޮންކަމެއް.؟'

އަހަރެންގެ ސުވާލު ނުނިމެނީސް އަހަރެން ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. 

"ޝްޝްޝޝ.. ޑޯންޓް ކްރައި" ކުރިއަށްވުރެންވެސް އަހަންނާއި ގާތްކޮށްލަމުން ބާރަށް ބައްދާލީމެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. އޭގެފަހުން އަހަރެންގެ ގައިން ޕްރީޝާ އަތް ދޫކޮށްލިއެވެ.

"ހެއި.. ވަޓްސް ރޯންގ؟" މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން އަހަރެން ސުވާލުކުރީމެވެ. 

"ނާދިފް.. އައި އެމް ސޮރީ"

އަހަރެން ބުމަ، މައްޗަށް ހިއްލާލީމެވެ.

"ނާދިފް.. އަހަރެން ގަބޫލުކުރަން.. ތިކައިވެނި ކުރަން ބުނީ އަހަރެން.. އެކަމަކު ދެން އިތުރަށް ކެތެއް ނުވާނެ.. " ޕްރީޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. އޭނާ އެވަނީ ގަދަ ރިހުމެއްގައެވެ. އަހަރެންގެ އަމިއްލަ ނަފުސު އަހަރެން ކުއްވެރިކުރީމެވެ. ދެރަވެސްވިއެވެ. 

"ޕްރީޝާ.. ވަރަށް އަވަހަށް އޭނާ ވަރިކުރާނަން.."

އޭނާއެއް ތި ވަރިޔަކަށް އެއްބަހެއް ނުވާނެ.. ތިކަމެއް ނުވާނެ ތިގޮތަކަށް..! ނާދިފް.. އަހަންނަކަށް މިގޮތަށް ދިރިއެއް ނޫޅެވޭނެ. ނާދިފްގައިގައި އޭނާ ބައްދާ، އޮޅުލާތަން ދެކެން އަހަންނަކަށް ކެތެއްނުވާނެ." ޕްރީޝާ ރޮމުން ވާހަކަ ދެއްކިއެވެ.

ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭގުނެވެ.  ޕްރީޝާ އަހަންނަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟ އެ މިޒްރާ އަށްޓަކައި އަހަރެން ޕްރީޝާއަށް ބޭވަފާތެރިވާނެކަމަށް އޭނާ ހީކުރަނީއެވެ.

"ނާދިފް އައި ޓްރަސްޓް ޔޫ.. ބަޓް ނޮޓް މިޒްރާ"

ހިންދިރުވާލާފައި އަހަންނާއި ދިމާއަށް ޕްރީޝާ ބަލައިލިއެވެ. އޭނާގެ ކަރުނަ އަހަރެން ފޮހެލައިދިނީމެވެ.

"ޕްރީޝާ.. އައި ލަވް ޔޫ"

"ނާދިފް.. އެކަމަކު.."

"ޓްރަސްޓް މީ"

"އައި ޑޫ"

"އަހަރެންގެ ދިރިއުޅުމުން ދާދި އަވަހަށް މިޒްރާ ދާނެ.."

އަނެއްކާވެސް އަހަރެން ގައިގައި ޕްރީޝާ ބައްދާލިއެވެ.

"އައި ހޯޕް ސޯ"

...............

އަހަރެން ތިރިއަށް ދިޔައީ ޕްރީޝާއަށް ކޮފީއެއް ބަލައެވެ. ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. މިޒްރާ އޮތީ ބިންމަތީގައެވެ. އޭނާ ގައިމަތީގައި އޮތީ މިންހާލްއެވެ.

މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ މިމީހުން ރޮމޭންސްކުރަން ވަކިތަނެއްވެސް ނޯންނަނީ ހެއްޔެވެ؟

ދާދި އަވަހަށް ދެމީހުންވެސް ތެދުވިއެވެ. ޖޯއި އައިސް މިޒްރާގެ އަތަށް  ކާޑެއް ދިނެވެ. އެއީ އަހަރީ ދުވަހުގެ ކާޑްކަން އަހަންނަށް އިގެއެވެ. ކަޕްލް އެންޓްރީއަށް ނޫނީ ޕާޓީގައި މިފަހަރު ހުއްދައެއް ނެތްކަންވެސް އަހަންނަށް އެގެއެވެ.

އަހަރެންނާއި ބެހޭގޮތުން މިންހާލް ބުނި އެއްޗަކާއި، މިޒްރާ ދިން ޖަވާބުވެސް  އަޑުއެހީމެވެ. ބޭނުންނުވެ އަހަރެންނާއި އިނދެގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟ އަހަރެންނާއި ކައިރިވާން ބޭނުން ނުވަންޏާއި، ނުވަތަ އަހަންނާއެކު ތަންތަނަށް ދާން ބޭނުން ނުވަންޏާއި އަމިއްލަޔަށް އަހަރެން ކައިރިން ވަރިވެގެން ދާން ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ޕްރީޝާގެ ހިތާމައާއި ކަރުނައިގެ އަސްލަކީ މިޒްރާއެވެ. މިޒްރާއަށް ދުވަހަކުވެސް އަހަރެންގެ މީހަކަށް ނުވެވޭނެއެވެ. އެ މަގާމު ދުވަހަކުވެސް ނުދޭނަމެވެ.

އެމީހުންގެ ވާހަކަ އަޑުއަހާފައި  އިތުރަށް މިޒްރާދެކެ ފޫހިވިއެވެ.

އަހަރެން ދިޔައީ ކެންޓީނާއި ދިމާއަށެވެ. ކުއްލިޔަކަށް މޮޅު ޚިޔާލެއް އައެވެ. 

"މިޒްރާ- މަންސޫރް.." އެއްމިޔަކަނުން ހިނިއައިސްފައި ދެއަތް ދެއަތަށް އުނގުޅާލަމުން އަހަރެން ބުނެލީމެވެ. 

...............

"ނާދިފް.. އޭނާ ދާނީ ކޮން އިރަކުން؟"

އަހަރެންގެ ކޮފީތަށިން ކޮފީ ބޮއެލީމެވެ. އަދި އަހަރެންނާއި ޖެހިފިތިގެން ސޯފާގައި  އިން ޕްރީޝާއަށް ބަލައިލީމެވެ. 

އަހަރުމެން ތިބީ އަހަރެންގެ ކެބިން ގައެވެ.

"ބޭބީ.. ވަރަށް އަވަހަށް..! އަހަރެން ދޫކޮށްލާފައި، ވަރަށް އަވަހަށް އޭނާ ދާނެ.. އެކަން އަހަރެން ކުރާނަން"

ޕްރީޝާ އެއްޗެކޭ ބުނަން އަނގަހުޅުވާލި ވަގުތު ކެބިން ދޮރުގައި ޓަކި ޖަހައިލިއެވެ.

"ކަމް އިން" އަހަރެން ބުނީމެވެ. 

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. އަނެއްކާވެސް ނުބައި ވަގުތެއްގައި ނުބައި ތަނަކަށެވެ. އަހަރެންގެ ފަރާތުން އޭނާ ބޭނުންވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟

"ނާދިފް.. އައި ނީޑް ޓު ގޯ ބެކް ހޯމް.."

އަހަރެން ފުރަތަމަ ބަލައިލީ މިޒްރާއަށެވެ. ދެން ޕްރީޝާއަށެވެ. މިއަދު މިޒްރާގެ ދުވަސް ދިޔައީކަން ޔަގީންވިއެވެ. ޕްރީޝާ މިއަދު މިޒްރާ ރޮލާއި ކާލާނެއެވެ. ޕްރީޝާ ތެދުވެގެން މިޒްރާއާއި ދިމާއަށް ދިޔައެވެ.

"އައި.." މިޒްރާއަށް ޕްރީޝާ ފުރުސަތެއް ނުދިނެވެ. މިޒްރާއާއި ދާދިގާތުގައި ޕްރީޝާ ހުއްޓުނެވެ. 

އަހަރެންގެ ކޮފީތަށި މޭޒުމަތީގައި ބައިންދާފައި، ފަށަން މިއުޅޭ ހޫނުގަދަ ޑްރާމާއަށް ތައްޔާރުވީމެވެ.

"އާހހހ.. ވަޓްސް ދަ ހަރީ ބޭބް؟!" މަލާމާތަށް، މިޒްރާއާއި ދިމާއަށް ޕްރީޝާ ބުނެލިއެވެ. މިޒްރާ ފަހަތައް ޖެހުނުތަން އަހަރެން ދުށީމެވެ. އަދި ގެއަށްދާން ބޭނުންވަނީ، އޭނާގެ މަސައްކަތެއް އޮތީމައި ކަމަށްވެސް ބުންޏެވެ.

"ވޯކް.. ވަޓް ވޯކް؟"

"ދެޓްސް ޕާރސަނަލް.."

މޫނުމަތީން އެއްވެސް އަސަރެއް ދައްކައިނުލައި މިޒްރާ ބުނެލިއެވެ. އެހިސާބުން އެ ނިމުނީއެވެ!

ކަކޫމަތީގައި އޮތް އަތް ނަގައި ދެއަތުން އަހަރެންގެ މޫނު ފޮރުވައިލީމެވެ. ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. 

"ޕަރސަނަލް!!" މިޒްރާ ބުނެލި ރާގުގައި ޕްރީޝާ ބުނެލިއެވެ.

"ޔެސް" ޖެހިލުމެއްނެތި މިޒްރާ ޖަވާބުދިނެވެ.

މިޒްރާގެ ޖަވާބާއެކު ދެން ވެގެން ދިޔަ ގޮތް ބަލަން އަހަރެން ބޭނުމެއް ނުވިއެވެ.

އެކަމަކުވެސް އިނދެވުނީ އެމަންޒަރަށް ލޯ ހުއްޓައިލައިގެންނެވެ. ޕްރީޝާގެ ކޮފީތަށި އެއްކޮށް މިޒްރާގެ ގަޔަށް ޖެހިއެވެ. އަޑުގެ ނެތްތަނަށް ބާރަށް ހޭންވީކަމެއް ނުވަތަ ރޯންވީކަމެއް އަހަންނަކަށް ނޭގުނެވެ. އަންހެންކުދިން އެކަކު އަނެކަކާ ތަޅާފޮޅައޭ ކިޔާއަޑު އަހަރެންވެސް އަހަމެވެ. މި ނޫނީ ހަމަލޮލުން ދެކިލުމުގެ ފުރުސަތެއް ނުލިބެއެވެ.

އަހަންނަށް ފެނުނީ މިޒްރާ ކަޅިޖަހައިނުލައި އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައެވެ. އޭނާގެ ދިފާޢުއަށް އަހަރެންގެ ފަރާތުން އުއްމީދު ކުރީއެވެ.  އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނާއި ކަނދުރާއާއި އަތަށެވެ. ހޫނު ކޮފީގެ ސަބަބުން ހަންގަނޑު އެކީއެކަށް އެއޮތީ ރަތްވެފައެވެ. ކެތްނުކުރެވޭ މިންވަރަށް ދިލަ ނަގާނެކަން ޔަގީނެވެ.

"ޕްރީޝާ...! ހައު ޑެއަރ!!" އަހަރެންގެ އިޝާރާތަކަށް މަޑުކުރުމަށްފަހު، އަހަރެން އެކަމާ އަޅާނުލުމުން މިޒްރާ، އޭނާގެ ދިފާއުގައި ތެދުވިއެވެ. މޫނުމަތީން ހޫނު ކޮފީތައް އޭނާ ފޮޅާލިއެވެ.

"ހައު ޑެއަރ ޔޫ ..! ކަލޭ ހަނދާންކުރާތި، ނާދިފްގެ ގައިގައި ބައްދާ އޮޅުލައި އޭނާގައިގައި އެލިގަނެގެން އޮންނަން ހިތައްވެސް ނާރުވާތި! ހަމަ މިހާރު ނާދިފްގެ ދިރިއުޅުމުން ނިކުމެގެން ދާންއުޅޭ..! އެގިއްޖެތަ މިބުނާ އެއްޗެއް؟" މުޅިތަނަށް އަޑުއިވޭވަރަށް ޕްރީޝާ ހަޅޭއްލަވައިގަތެވެ. 

"ޕްރީޝާ" އަހަރެން ކޮޅަށް ތެދުވަމުން ގޮވާލީމެވެ.

"ޑޯންޓް ނާދިފް!" އޭނާގެ އަތުން އިޝާރާތްކުރަމުން އަހަންނަށް އިންޒާރުދިނެވެ. 

"އެންޑް ޔޫ.. ހަމަ މިހާރު އަހަރުމެންގެ ކުރިމަތީން ދުރައްދޭ! ހަނދާންކުރާތި، ދެން ފަހަރަކުން ކޮފީތަށި މިއަށްވުރެންވެސް ހޫނުވާނެ..!" މަލާމާތުގެ ގޮތަކަށް މިޒްރާއާއި ދިމާއަށް ހިނިއައިސްފައިހުރެ ޕްރީޝާ ބުނެލިއެވެ. 

ދުލުން އެންމެ ބަހެއްވެސް ނުބުނެ މިޒްރާ ހިގައްޖެއެވެ.

އަހަރެންނާއި ދިމާއަށް ޕްރީޝާ އެނބުރުނެވެ. 

"ވަޓް ވޯޒް ދެޓް!!؟؟" އަހަރެން ސުވާލުކުރީމެވެ. 

އޭނާގެ ކޮފީ މަގް މޭޒުމަތީގައި ބައިންދާފައި އޭނާގެ ދަބަސް ނެގިއެވެ.

"ނާދިފްގެ ހަޔާތުން މިހާރުން މިހާރަށް އޭނަ ނެރި އެއްލާލާ! އެހެންނޫނީ އޭނާގެ ފުރާނަ ދުއްވާލަންވެސް އަހަރެން ފަހަކަށް ނުޖެހޭނަން" އިންޒާރުގެ ރާގުގައި، އަހަންނަށް އެންގުން އަންގާފައި ޕްރީޝާ ނިކުމެގެން ހިގައްޖެއެވެ.

"ގޯޑް.. ޑޭމްނ.. ޑޭމްނނ..ޑޭމްނނނ.." 

އަހަރެންނަށް ކުއްވެރިކުރެވުނީ އަހަރެންގެ ނަފުސެވެ. އެއަރޕޯޓުން ގެއަށް ނުގޮސް، އޮފީހަށް އާދެވުނީތީއެވެ. ހުރިހާ ކަމެއް މިދަނީ އަހަރެންގެ އަތްދަށުން ވީއްލިގެންނެވެ. ކޮންޓްރޯލް އަހަރެން ނަގަން އެބަޖެހެއެވެ. މިހާރަކަށް އައިސް ޕްރީޝާއަށް ވިމާގޮތެއް، އެއްގޮތަކަށްވެސް އަހަންނަކަށް ނުވިސްނެއެވެ.

" އެންޑް.. މިޒްރާ... ޔޫ! ... އރރގގގހހ..."

.....................

އަހަރެން ދުވެފައި ދިޔައީ ފާޚާނާއަށެވެ.  ކޮފީގެ ހޫނުކަމުން އަހަރެންގެ މުޅިގައިން ހޫނު ދިލަ ނަގަނީއެވެ. ހުރިހާ އެއްޗެއް ބާލާފައި މުޅިގަޔަށް އައިސްފެން އަޅަން ފެށީމެވެ.

"ނާދިފް އަކީވެސް ބޮޑު މޮޔައެއް.. ނާދިފްގެ ގަރލް ފްރެންޑްއަކީވެސް ބޮޑު މޮޔައެއް" ރުޅިގަދަވެގެން އަހަންނަށް ކުދިކިޔުނެވެ.

"އަދި އަހަންނާއި ދިމާއަށް ބުނެފި.. ނާދިފްގެ ދިރިއުޅުމުން ހަމަ މިހާރު ދުރަށް ދާށޭ..! ކާކުތަ އުޅެނީ އޭނާގެ ދިރިއުޅުމުގައި ވަކިހިއްޕާލައިގެން ހުންނަންވެގެން.."

ލޯގަނޑުން އަހަރެންގެ ހަށިގަނޑަށް ބަލައިލީމެވެ. ކޮފީޖެހުނު ކޮންމެ ތަނެއް ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ހާކާލާނެ، އޮއިންޓްމެންޓެއް އަހަރެން ބޭނުމެވެ. އެކަމަކު އެ ވެސް ވާނީ އޭނާގެ ގޭގައެވެ. ޔާﷲ.. މިވަނީ ކިހިނެއް ހެއްޔެވެ!

އަހަރެން ނިންމީ އެ ގެއަށް ދާށެވެ. ގެއަށް ދިއުމަށް ދެވަނަ ފަހަރު އޭނާގާތުގައި އަހާކަށް  ބޭނުމެއް ނޫނެވެ.

ޓިޝޫއިން ގައިފޮހެގެން، އެއްޗެހިލައިގެން އަހަރެން ފާޚާނާއިން ނިކުތީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ  ފާޚާނާގެ ދޮރުމަތީގައި ހުރި މީހާއެވެ.  

ނާދިފް

ގަބޫލުނުކުރެވިގެން އަހަރެންގެ ނިއްކުރިއަށް ރޫއަރުވާލެވުނެވެ.

އަހަންނާއި ދިމާއަށް އޭނާ އަތް ދިއްކޮށްލިއެވެ.

"ވަޓް؟"

އޭނާއާއި ކުރިމަތިލާކަށްވެސް ވާހަކަ ދައްކާކަށްވެސް އަހަރެންގެ ގަޔަކު ހިތްވަރެއް ނެތެވެ. 

"މީތި އުނގުޅާލާ"

އަހަންނަށް ދިއްކޮށްލީ، ދިގުކޮށް އޮތް ފިއްތާ ފުޅިއެކެވެ.

އަހަރެން އެއަށް ބަލައިލީމެވެ. އެއީ ފިހިގެން ތަންތަނުގައި އުގުޅަން އާންމުކޮށް ގޭގޭގައި ގެންގުޅޭ އޮއިންޓްމެންޓްއެވެ. އަހަރެން ހައިރާންވިއެވެ. އަހަންނަށް އެހީވާން މިހާރު މީނާ މިއައީ ކީއްވެ ހެއްޔެވެ؟ އަހަންނާއި ދޭތެރޭގައި ހަމަދަރްދީ ވަނީ ހެއްޔެވެ؟ ނުވަތަ މިއީވެސް ކުރާ މަލާމާތެއް ހެއްޔެވެ؟

"ނާދިފް.. އަހަރެން" 

"ތި ބުނަންއުޅޭ އެއްޗެއް ބާއްވާ.. ކޮންމެހެން ހަމްދަރުދީއެއް ވެގެނެއް ނޫން މިއައީކީ.. ޑޭޑް ބުނެގެން މި ދޭންވެގެން މިއައީ.." ފޫހިގޮތަކަށް ބުނެލިއެވެ. 

"ޝައްޔާން ސަރ..؟ އެތާގަ ދެކެވުނު ވާހަކަތައް ސަރ އަށް އަޑުއިވުނުތަ..؟" އަހަންނަށް ސުވާލުކުރެވުނީ އިޚްތިޔާރަކާ ނުލައެވެ. 

"ޖަސްޓް ޔޫސް އިޓް.." ފަރުވާކުޑަގޮތެއް މޫނުމަތީން ދައްކައިލަމުން ނާދިފް ހިނގައްޖެއެވެ.

އަދިވެސް އަހަންނަށް ހުރެވުނީ ޝައްޔާން ސަރއާއި ދޭތެރޭގައި ވިސްނާށެވެ. ހަގީގަތުގައިވެސް އެތަނުގައި ދެކެވުނު ވާހަކަތައް ޝައްޔާން ސަރއަށް އަޑުއިވުނުކަމަށްވަންޏާއި އެކަން ބޮޑު ކަންތައްގަނޑަކަށް ނުވެ ނުދާނެއެވެ.

.....................

ގެއަށް ދިއުމަށް ނިންމައިގެން އަހަރެން ކެބިންތެރެއިން ނިކުތީމެވެ. ކޮރިޑޯތެރެއިން ހިނގާފައި ދަނިކޮށް، ފާޚާނާތެރެއިން ކޮންމެވެސް މީހަކު އެއްޗެހިތަކެއް ކިޔާއަޑަށް އަހަރެން ހުއްޓުނީމެވެ. ޝައްކުގައި ހުރެގެން، ވާނުވާވެސް ބަލައިލީމެވެ. އަހަންނަށް ހީވީ ރަގަޅަށެވެ. އެތެރޭގައި އުޅެނީ މިޒްރާއެވެ. ޔަގީނެވެ. ހޫނު ކޮފީގެ ސަބަބުން އޭނާގެ ހަންގަނޑު ހުންނާނީ ފިހިފަ އެވެ. 

އަހަރެންގެ ކެބިންއަށް މިޒްރާ އަންނަން ޖެހޭ ހެއްޔެވެ؟ އޭނާ ބޭނުންކަމެއް އޮތިއްޔާ މެސެޖްވެސް ކުރެވިދާނެއެވެ. ފޯނުވެސް ކުރެވިދާނެއެވެ. ކޮންމެހެން އެވަގުތު އެތަނަށް ވަންނާކަށް ނުޖެހެއެވެ. އޭނާގެ ސިކުނޑި ބޭނުންކުރާނެ ދުވަހެއް އަންނާނެ ބާއެވެ. އަހަރެންގެ ކެބިންއަށް އެނބުރި ގޮސް، ފަސްޓްއެއިޑް ބޮކްސް ތެރެއިން އޮއިންޓްމެންޓް ނަގައިގެން އަނެއްކާވެސް ފާޚާނާއަށް އައީމެވެ. އޭނާ ނިކުންނަންދެން އެތެރެއަށް ވަދެ، ދޮރުމަތީގައި މަޑުކުރީމެވެ. 

ނިކުންގޮތަށް ނިކުމެ އަހަންނާއި ދިމާއަށް ބަލަންފެށީ އޭނާއަށް ޔަގީން ނުކުރެވިގެންނެވެ. ޑޭޑް ދިން ބޭސްފުޅިއެއް ކަމަށްބުނެ، އޭނާއާއި ހަވާލުކޮށްފައި އެތަނުން އަހަރެން ސަލާމަތްވީމެވެ.

.....................

ގަޑިން ރޭގަނޑު ދިހައެއް ޖެހިއިރެވެ.

"އާއއއއއއ.. އަރާމު ނިދިގަނޑެއް.." އަހަރެންގެ އަތް ދަމާލާފައި ހަމަޖެހިލީމެވެ. ހަށިގަނޑުގެ ބަރުބަލިކަން ފިލައި މުޅިން ތާޒާ ވެއްޖެއެވެ.

ފުންނޭވާއެއް ލާފައި އެނދުމަތީގައި ހަމަޖެހިލިތަނާ އަހަރެންގެ ފޯނަށް ނަޒަރު ހުއްޓުނުނެވެ.

ނޮޓިފިކޭޝަންސް ބަލާލަންވެގެން ފޯނު އަންލޮކް ކޮށްލީމެވެ. ދެލޮލުގެ ކަޅިވެއްޓުނުހެން ހީވިއެވެ. 

"ތިރީސް ހަރަތު މިސްޑް ކޯލްސް، ޓްވެންޓީ ސެވަން ޓެކްސްޓްސް.."

މިއީ ކޮންފަދަ ކަމެއް ބާއެވެ. އަހަރެންގެ ފޯނު ސައިލެންޓްކޮށްފައި ބާއްވައިފިއްޔާ މިއީ އާދައެވެ. ކޮންމެވެސް ޒަލްޒަލާއެއް ލައިގަންނާނެއެވެ. މެސެޖްތައް ބަލަންފެށީމެވެ. 

އަމަން: ބްރޯ އިޓްސް އިމްޕޯޓެންޓް

ޕްރީޝާ: ވީ ހޭވް ވޯކް ބޭބީ.. ކޮންތާކު ތިއުޅެނީ؟؟ ގޭގައިތަ؟؟

އަހާން: ނާދިފފފފފ.. ކޮންތާކު ތިއުޅެނީ

ޕްރީޝާ: އާރ ޔޫ އަލައިވް ބޭބީ؟

މަހެކް: ޔަގީން ނިދާފަ...

އެމީހުންގެ ވާހަކަތަކަށް ނިމުމެއް ނެތެވެ. އެމީހަކަށް ފެންނައެއްޗެއް އެމީހަކު ކިޔާފަ އޮތެވެ. އެންމެ ފަހު މެސެޖް އަހަރެން ކިޔާލީމެވެ. އެއީ އަމަންގެ މެސެޖެކެވެ.

މިގެއަށް މިރޭ ދިހަގަޑި ބަޔަށް ރިހާސަލްއަށް އަންނަކަމަށް ބުނެފައި އެބައޮތެވެ.

އަހަރެންގެ މުޅި ހަށިގަނޑުން އޮއްދާ ހިއްލާލިއެވެ. ސުބުޙާނަﷲއެވެ. މިރޭގެ ހަތަރެސްކަން މި ހަމަވީއެވެ. މިޒްރާ މިގަޑީގައި އުޅޭނީ ގޭގައެވެ. މިގޭތެރެއިން އެއިން މީހަކަށް މިޒްރާ ފެނިއްޖެއްޔާ އަހަރެންގެ ދުވަސް ދުއްވާލާނެއެވެ. 

މިހުރިހައި ޚިޔާލްތަކަކާއެކު އަހަރެން ދުވެފައި ދިޔައީ މިޒްރާގެ ކޮޓަރިއަށެވެ. ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް އިންޒާރުދޭށެވެ. 

"އިތުރު ކުރިމަތިލުމެއް އަހަރެން ހުވަފެނެއްގައިވެސް ދެނެއް ބޭނުމެއް ނޫން.. އަހަރެންގެ ރައްޓެހިން ހީކުރާނީ ކީކޭ.. ޝ-ޓ..ޝ-ޓ! މިހާރުވެސް މާބޮޑަށް ލަސްވެއްޖެ" 

މިޒްރާ ކޮޓަރިއަކު ނެތެވެ.

އަހަރެން ދުވެފައި ދިޔައީ ތިރިއަށެވެ. 

 -ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް