ads
ވޮލީގެ ކޮންގްރެސްގެ ތެރެއިން
އާ އެކްސްކޯއާއެކު ވޮލީގެ އަހަރީ އާއްމު ޖަލްސާ މިރޭ
ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ އެގްޒެކެޓިވް ކޮމިޓީއާއެކު، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެއެވެ.

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި، 2023 ވަނަ އަހަރު ވީއޭއެމްގެ އަހަރީ ރިޕޯޓުގެ އިތުރުން، 2023 ވަނަ އަހަރުގެ މާލީ ރިޕޯޓު ފާސްކުރުން އޮންނާނެއެވެ. މިއީ އާ އެކްސްކޯއާއެކު އޮންނަ ފުރަތަމަ އަހަރީ އާއްމު ޖަލްސާއެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) އެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމުން، އެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ސީނިއާ ނައިބު ރައީސަކަށް މުޙައްމަދު ސާޖިދު (ބޮޑު ކާއްޓެ) ވަނީ އިންތިޚާބު ކޮށްފަ އެވެ. ނައިބު ރައީސް ވޮލީބޯޅައިގެ މަޤާމަށް އިންތިޚާބު ކުރީ އަލީ ލަތީފް އެވެ. އަދި ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްގެ މަޤާމަށް އާއިދާ އަބްދުލް ހަކީމް އިންތިޚާބު ކުރި އެވެ. ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)ގެ އިތުރުން، ސޮފްވާން އަޙުމަދު، ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ އަންހެން މެމްބަރުގެ މަގާމަށް އައިޝަތު ފަތީނަތު ވަނީ އިންތިޚާބު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް